ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 10:42
ފެމިލީ ކޯޓު
ފެމިލީ ކޯޓު
އަވަސް
ރޯދަމަހު ކައިވެނިކޮށްދިނުން
ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފި
 
ރަސްމީ ގަޑީގައި ހެނދުނު 9:30ން 12:30ށް ކޯޓުގައި ކައިވެނިކޮށްދޭނެ
 
ކޯޓުން ބޭރުގައިނަމަ ކައިވެނިކޮށްދޭނީ ރޭގަނޑު 21:30ން 23:00ށް

ފެމިލީ ކޯޓުން ރަމަޟާން މަހު ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފިއެވެ.

އެކޯޓުން އާންމުކުރި އިއުލާނެއްގައި ވަނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު އެކޯޓުން ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފައެވެ.

އެގޮތުން ރަސްމީ ގަޑީގައި ހެނދުނު 9:30ން 12:30ށް ކޯޓުގައި ކައިވެނިކޮށްދޭނެކަމަށާއި, ނުރަސްމީ ގަޑީގައި ރޭގަނޑު 21:30ން 23:00ށް ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.

ކޯޓުން ބޭރުގައިނަމަ ކައިވެނިކޮށްދޭނީ ރޭގަނޑު 21:30ން 23:00 އަށެވެ.

ރޯދަ މަހު ކައިވެނިކުރަން ހުށަހަޅާ ފަރާތްތަކުން މިގަޑިތަކަށް ސަމާލުކަން ދިނުމަށް ކޯޓުން އެދިފައިވެ އެވެ.

ކޯޓުން ރަމަޟާން މަހު ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފައިވާއިރު، ރީތި ތާރީހުތަކުގައި ކައިވެނިކުރުމަކީ މިހާރު ދިވެހީންގެ ތެރޭގައި އާންމުވެފައިވާ ކަމެކެވެ. އެންމެ ފަހުން ރީތި ތާރީހެއްގައި ގިނަ ބަޔަކު ކައިވެނިކޮށްފައިވަނީ މިހިނގާ މާޗް މަހު (02.03.23) ގައެވެ. އެދުވަހު އެކަނި ވެސް މާލެ ސަރަހައްދުން 36 ކައިވެންޏެއް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
0%
50%
0%
0%
ކޮމެންޓް