ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 12:24
ފެމިލީ ކޯޓުން ވަނީ އެ ކޯޓުގެ ނިމިދިޔަ މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައި
ފެމިލީ ކޯޓުން ވަނީ އެ ކޯޓުގެ ނިމިދިޔަ މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައި
ފެމިލީ ކޯޓު
ފެމިލީ ކޯޓުގެ ތަފާސްހިސާބު
މެއި މަހު ގެވެށި އަނިޔާއާ ގުޅޭ 8 މައްސަލައެއް ފެމިލީ ކޯޓަށް ހުށަހެޅިފައިވޭ
އާއިލީ މައްސަލަތަކުގެ ތެރެއިން 22 މައްސަލައެއް މެއި މަހު ވަނީ ބަލައި ނިންމާފައި
ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 75 އިންސައްތަ މައްސަލައަކީ އަންހެނުން ހުށަހަޅާފައިވާ މައްސަލަ
އޭޕްރީލް މަހުގެ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއް މެއި މަހާ ހިސާބަށް އައިއިރު ނުނިމި ހުރި

މިދިޔަ މެއި މަހު ގެވެށި އަނިޔާއާ ގުޅޭ 8 މައްސަލައެއް ފެމިލީ ކޯޓަށް ހުށައެޅިފައިވާކަމަށް އެެ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ވަނީ އެ ކޯޓުގެ ނިމިދިޔަ މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މެއި މަހު ގެވެށި އަނިޔާއާ ގުޅޭ 8 މައްސަލައެއް ހުށައެޅިފައިވާއިރު، ރައްކާތެރި ކުރުމުގެ އަވަސް އަމުރުގެ ގޮތުގައި 10 އަމުރެއް ވަނީ ނެރެދީފައެވެ.

އޭގެ އިތުރުން، 2 މައްސަލައެއްގައި އަމުރު ނެރެދެވެން ނެތްކަމަށް ވަނީ ކަނޑައަޅާފައެވެ.

އޭޕްރީލް މަހުގެ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއް މެއި މަހާ ހިސާބަށް އައިއިރު ނުނިމި ހުއްޓެވެ. އަދި މެއި މަސް ނިމުނުއިރު 6 މައްސަލައެއް ނުނިމި ހުރިކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން، މެއި މަހު ފެމިލީ ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 75 އިންސައްތަ މައްސަލައަކީ އަންހެނުން ހުށައަޅާފައިވާ މައްސަލަކަމަށްވެސް އެ ކޯޓުން މައުލޫމާތު ދެއެވެ.

ކައިވެންޏާއި ވަރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހު ވަނީ 185 ކައިވެނި ކޮށްދީފައެވެ.

މެއި މަހު ވަރިކޮށްދިނުމަށް އެދި 36 މައްސަލައެއް ހުށައެޅިފައިވެއެވެ. އަދި ވަރިވުމަށް އެދި 75 މައްސަލަ ވަނީ ހުށައެޅިފައެވެ.

ވަރީގެ މައްސަލަތަކަށް ބަލާއިރު، 132 ވަރި ކޮށްދީފައިވެއެވެ. އަދި ވަރިއާ ގުޅޭ 172 މައްސަލައެއް ނިންމާފައިވެއެވެ.

އާއިލީ މައްސަލަތަކަށް ބަލާއިރު، މަރު ސާބިތު ކުރުމަށް އެދި މެއި މަހު 3 މައްސަލަ ހުށައެޅިފައިވާއިރު، ސުލްޙަ ކުރުމަށް އެދި މައްސަލައެއް ހުށައެޅިފައެއް ނުވެއެވެ.

އޭގެ އިތުރުން، ވަލީ ހޯދުމަށް އެދި 1 މައްސަލަ ހުށައެޅިފައިވެއެވެ.

އާއިލީ މައްސަލަތަކުގެ ތެރެއިން 22 މައްސަލައެއް މެއި މަހު ވަނީ ބަލައި ނިންމާފައެވެ.

ފެމިލީ ކޯޓުން ބުނީ، މެއި މަހު ސާބިތު ޚަރަދާ ގުޅޭ 4 މައްސަލަ ހުށައެޅިފައިވާ ކަމަށެވެ. އަދި ދަރިންގެ ޚަރަދު ކެނޑުމަށް އެދި 4 މައްސަލައެއް ހުށައެޅިފައިވެއެވެ.

- ކޮމެންޓް