ވަލު ދޫނިތަކުގެ ތެރޭގައި ފަސޭހައިން ފެތުރޭ އާ ވައްތަރެއްގެ ބާޑް ފްލޫއެއްގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކަށް ބަލިމަޑުކަން ފެތުރި، ތަފާތު ޖަނަވާރުތަކުގެ ވައްތަރުތަކަށް ބަލިޖެހި، މަރުވެ، ކޮވިޑް-19ށް ވުރެ މަރުވާ މީހުންގެ އަދަދު އިތުރުވެދާނެކަމުގެ އާލަމީ ވަބާއެއްގެ ބިރު ވަނީ އުފެދިފައެވެ.
ވަލު ދޫނިތަކަށް އެހާ އަވަހަށް ބަލިޖެހުމުގެ ފުރުސަތު އޮތްނަމަވެސް، ވައިރަސް އަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އިންސާނާގެ ސެލްތަކަށް ބަލިޖެހުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ބަލިތަކުގެ މަޝްހޫރު ތަޖުރިބާކާރުން ރޮއިޓާސް އަށް ކިޔައިދީފައިވެއެވެ. އެމީހުންގެ ވިސްނުމަކީ މިހާރު ފެތުރެމުންދާ އެޗް5އެން1 ގެ ނުރައްކާތެރިކަން އިންސާނުން ނަށް ކުޑަ ކަމަށް ދުނިޔޭގެ ސިއްހީ އޮފިޝަލުން ކުރި ވަޒަންކުރުމުގެ އަސާސެވެ.
އެޗް5އެން1 ކްލޭޑް 2.3.4.4ބީ ގެ ނަމުގައި އުފެދިފައިވާ މި އާ ސްޓްރޭން 2020 ވަނަ އަހަރު އުފެދުނުއިރު، އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ ގިނަ ހިސާބުތަކުގެ އިތުރުން އުތުރާއި ދެކުނު އެމެރިކާގެ ގިނަ ސަރަހައްދުތަކަށް ފެތުރިފައިވާއިރު، މީގެ ކުރިން ނުފެންނަ އަދަދަކަށް ވަލު ދޫނިތަކާއި ގޭގައި ގެންގުޅޭ ދޫނިތައް މަރުވެއެވެ.
އަދި ކުއްތާ އާއި ގްރިޒްލީ ބެއާ އިން ފެށިގެން ސީލް އާއި ސީ ލަޔަންސް ފަދަ ޖަނަވާރުތަކަށް ވެސް ވައިރަސް ޖެހިފައިވާއިރު، އެއެއްޗެއްސަށް ބަލިޖެހިފައިވަނީ ބަލި ދޫނިތައް ކާތީކަމަށް ބެލެވެއެވެ.
ކުރިން ފެތުރިފައިވާ ބަލިމަޑުކަމާ ހިލާފަށް އެޗް5އެން1 ގެ މި ސަބްޓައިޕް އިން މީހުންނަށް މާބޮޑު ބައްޔެއް ނުޖެހެއެވެ. މިހާތަނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް ބަލިޖެހިފައިވާ ދޫނިތަކާ ގާތުން ގުޅުން ހުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް ބައި ޑަޒަން ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަލާމާތްތައް މަދު މީހުންނެވެ.
އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިންފްލުއެންޒާ ޑިވިޝަންގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ޓިމޮތީ އުޔެކީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ހީވާގޮތުން އާންމުންނަށް ކުރިމަތިވާ ނުރައްކާ ކުޑަކަމަށް އޭނާއަށް ލަފާ ކުރެއްވެއެވެ. މިމަހުގެ ކުރީކޮޅު ޑަބްލިއުއެޗްއޯއިން ވެސް ކުރި އެސެސްމަންޓެއްގައި ވެސް މިފަދަ ހިޔާލެއް ފާޅުކޮށްފައިވެއެވެ.
މި ވައިރަސް ސެލްތަކަށް ވަދެ އިންފެކްޓް ކުރާ ގޮތަކީ މި ކަންބޮޑުވުމުގެ އެއް ސަބަބު ކަމަށް ފްލޫގެ ތަޖުރިބާކާރުން ރޮއިޓާސް އަށް ކިޔައިދިނެވެ. އެމީހުން ބުނާ ގޮތުގައި މި ވައިރަސް ވަލު ދޫނިތަކުގައި އުފެދިފައިވާ ގޮތުގެ ސަބަބުން މީހުންނަށް މި ވައިރަސް ފެތުރުން މަދުވުން އެކަށީގެންވެއެވެ.
ތަޖުރިބާކާރުން ދެކެނީ މެމަލްސް އަށް ބަލިޖެހުމަކީ އާ ބަލިމަޑުކަމެއްގެ އިޝާރާތެއްގެ ބަދަލުގައި ވައިރަސް ސަރވޭލަންސް ވަރުގަދަ ކުރުމަށް އަވަސް އިންޒާރެއްގެ ނިޝާނެކެވެ.
އެންމެން ހަމަޖެހުމުގެ ނޭވާއެއް އެއްލުމަށްފަހު މިމަސައްކަތް އަވަސް ކުރުމަށް 1997 ވަނަ އަހަރު ފުރަތަމަ ބަލި ފެނުނު ފަހުން އެޗް5އެން1 ޓްރެކް ކުރި ޔުނިވާސިޓީ އޮފް މިނިސޯޓާގެ އިންފެކްޝަސް ޑިޒީޒްގެ މާހިރެއް ޑރ.މައިކަލް އޮސްޓަރހޯމް ވިދާޅުވި އެވެ.
މިންކްސް އަށް ކިހިނެއް ވާނީ؟
ވައިރަލޮޖިސްޓުންގެ މެދުގައި ކަންބޮޑުވުން އުފެދުނީ ޖެނުއަރީ މަހު މެޑިކަލް ޖާނަލް ޔޫރޯސަރވޭލަންސްގައި ޝާއިއުކުރި ދިރާސާއަކުން ސްޕެއިންގެ މިންކް ފާމެއްގައި މެމަލް އިން މެމަލް އަށް ވައިރަސް ފެތުރިދާނެ ކަމެވެ.
"މިންކް އިން މިންކް އަށް ފެތުރުމުގެ ގާބިލްކަން ހުރި ވައިރަހަކީ އިންސާނުން އިންސާނުންނަށް ފެތުރުމުގެ ގާބިލްކަން ހުރި ވައިރަހެއް ކަމީ ވަރަށް ގަބޫލުކުރެވޭ ކަމެއް،" ޔުނިވާސިޓީ އޮފް ސިޑްނީގެ ވަލު ދޫނި ވައިރަސްގެ ޑައިނަމިކްސްގެ މާހިރު މިޝެލް ވިލް އީމެއިލްގައި ވިދާޅުވިއެވެ.
އެއީ ބަލީގެ ތަޖުރިބާކާރުން އެތައް އަހަރެއް ވަންދެން އިންޒާރު ދެމުން އަންނަ މަންޒަރެކެވެ. މިންކް އިންސާނުންނާ އެއްގޮތް ކަމުން ގިނައިން ފްލޫ ތަޖުރިބާތަކުގައި ބޭނުންކުރާ ޖަނަވާރެއް ކަމަށްވާ ފެރެޓްސް އާއި ގިނަ ސިފަތަކެއް ހިއްސާކުރެއެވެ.
ބާރޑް ފްލޫ ވައިރަސް ފަސޭހައިން މީހުންގެ ކިބައިން ފެތުރޭ ގޮތް ނޭނގުނު ނަމަވެސް، މީގެ ދިހަ އަހަރު ކުރިން ކުރި ލޭންޑްމާކް ދިރާސާތަކުގެ ބައެއް ހެކިތައް ލިބިފައި އެބަހުއްޓެވެ.
ތަފާތު އެކްސްޕެރިމެންޓްތައް ބޭނުންކޮށްގެން ސައިންސްވެރިން ގަސްތުގައި އެޗް5އެން1 ވައިރަސް ފެރެޓްތަކުގައި ފެތުރޭ ގޮތަށް ބަދަލުކޮށް، ވަރަށް ވަކި ފަސް މީއުޓޭޝަން ފެނިފައިވާކަން ފާހަގަކުރެވުނެވެ.
މިހާތަނަށް މެމަލިއަން ކޭސްތަކުގެ ތެރެއިން ގިނަ ކޭސްތަކުގައި މިއިން އެއް މީއުޓޭޝަން - ޕީބީ2 ކިޔާ ޖީނެއްގައި - މިންކްގައި ހުރި މީއުޓޭޝަން ފެނިފައިވެއެވެ. ވެބީ ވިދާޅުވީ ވައިރަހުގެ ސަބަބުން އެ ބަދަލު ފަސޭހަކަމާއެކު ގެނެވޭނެ ކަމަށެވެ.
މިންކްގައި ވެސް ބަދަލެއް ނާންނަ ކަމަކީ އަދިވެސް ވައިރަސް އިސްކަންދެނީ އެވިއަން ޓައިޕްގެ ރިސެޕްޓަރުތަކާ ގުޅިގެން ސެލްތަކަށް ވަދެ ބަލިޖެހުމަށެވެ. މިންކްގައި އެވިއަން އަދި ހިއުމަން ޓައިޕްގެ ރިސެޕްޓަރސް ހުންނަ ނަމަވެސް އެވިއަން ރިސެޕްޓަރސް އިންސާނުންގެ ގައިގައި މަދުވެ، ފުއްޕާމޭގެ ފުންމިނުގައި ހުރެއެވެ.
އިންސާނާގެ ފްލޫ ވައިރަސްތައް އާންމުކޮށް ގުޅެނީ މަތީ ނޭވާލާ ނިޒާމުގައި ހުންނަ ރިސެޕްޓަރުތަކާއެވެ.
އަހަރެމެންނަށް އެނގޭ އެވިއަން ވައިރަސްތަކުގެ ސަބަބުން ދޭތެރެ ދޭތެރެއިން މީހުންނަށް އަސަރުކުރާކަން، އެކަމަކު އެކަމަށް ފެންނަނީ ދޫނިތަކާ ވަރަށް ގިނައިން ކޮންޓެކްޓް ވުންޔުނިވާސިޓީ އޮފް އިލިނޮއިސްގެ ވެޓެރިނަރީ ކްލިނިކަލް މެޑިސިންގެ ޕްރޮފެސަރު ޖޭމްސް ލޯ
ސީޑީސީގެ އުޔެކީ ވިދާޅުވި ގޮތުގައި މިންކް ބަލިމަޑުކަމުގައި އެޗް5އެން1 ޖެނެޓިކް ސިކުއެންސްތަކާ ބެހޭ ދިރާސާތަކުން "އިންސާނުންގެ މަތީ ނޭވާލާ ނިޒާމަށް ބަލިޖެހުމުގެ ގާބިލްކަން އިތުރުވެފައިވާ ކަމަށް ދައްކާ އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެ ބަދަލަކީ ބާޑް ފްލޫ ވައިރަސް ފަސޭހައިން މީހުންގެ ގައިގައި ފެތުރެން ބޭނުންނަމަ ކޮންމެހެން ކުރަންޖެހޭ ބަދަލެކެވެ.
އެޗް5އެން1 ނުވަތަ އެހެން އެވިއަން ފްލޫ ވައިރަހެއް ބަދަލުވެ ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ފުރުސަތު އެއްވެސް ތަޖުރިބާކާރަކު ސީރިއަސް ގޮތަކަށް ނުނަގާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔެއަށް އެންމެ ފަހުން ފްލޫ ޕެންޑެމިކް ފެނިފައެއްނުވެއެވެ.