ކ. މާލެ
|
17 ފެބްރުއަރީ 2023 | ހުކުރު 22:05
ރައީސް ޞާލިހާ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން --
ރައީސް ޞާލިހާ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން --
އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހްއާ ހަވާލުކޮށްފި
ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރެއްވީ އެ ކަމަށްޓަކައި ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. މިރޭގެ މި ޖަލްސާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލީ 71 އިންސައްތަ މީހުންގެ ތެރެއިން 61 އިންސައްތަ ވޯޓު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ހޯއްދަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާގޮތުން ވަގުތީ ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން ޕްރައިމަރީގައި ކުރި ހޯއްދަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ.

އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓާއި އެކުގައެވެ. ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް