ކ. މާލެ
|
14 ފެބްރުއަރީ 2023 | އަންގާރަ 12:58
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ހޯދި މަސްތުވާތަކެތި ކޮތަޅަކަށް އަޅާފައި
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ހޯދި މަސްތުވާތަކެތި ކޮތަޅަކަށް އަޅާފައި
މޯލްޑިވްސް ޕޮލިސް ސާރވިސް
ރާއްޖެއަށް ޑްރަގް އެތެރެކުރުން
ދިރުވާލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
އޭނާ ހައްޔަރު ކޮށްފައިވަނީ ދިވެހި ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން
އޭނާއަކީ ލެޓީވިއާއަށް ނިސްބަތްވާ މީހެއްކަމަށްވެސް ފުލުހުން ބުނޭ

ދިރުވާލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ހައްޔަރު ކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 49 އަހަރުގެ ބިދޭސީއެއް ކަމަށެވެ. އޭނާއަކީ ލެޓީވިއާއަށް ނިސްބަތްވާ މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ދިވެހި ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިމިގްރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ދާދި ފަހުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ، އެތަކެތި ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ވަނީ ފޮނުވާލާފައެވެ.

އޭނާ ފޮނުވާލީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ ދަށުންނެވެ.

އެގޮތުން ބަލާއިރު، އެމީހަކު ރާއްޖެއައީ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ނުވަތަ ދިރުވާލައިގެންކަމަށްވާނަމަ، އޭނާ "ކޮންޓްރޯލްޑް ޑެލިވަރީ" ފަދަ ފުލުހުންނަށް އެއްބާރުލުން ދިނުމުގެ މަސައްކަތްތަކަށް އެއްބަސްވާނަމަ، އެއާލައިންއާ މަޝްވަރާކޮށްގެން އޭނާ އަނބުރާ ފޮނުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހު ވެސް އޭނާއަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދިނުމަކަށް މި ޤަވާއިދު ހުރަހެއް ނާޅައެވެ.

- ކޮމެންޓް