Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 14:58
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސް އޮފީސް
އެމްޑީޕީ ރިޔާސީ ޓިކެޓް
ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ހުކުރު ދުވަހު
ރިޔާސީ ޓިކެޓް ހަވާލުކުރައްވާނީ ހުކުރު ދުވަހުގެ ރޭ ކާނިވަލުގައި ބާއްވާ ހަފްލާއެއްގައި
ރައީސް ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވީ ރައީސް ނަޝީދާ ވާދަކުރައްވާ 61 އިންސައްތަ ވޯޓު ހޯއްދަވައިގެން
ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ޕާޓީގެ ރިޔާސީ ޓިކެޓް ހުކުރު ދުވަހު ހަވާލުކުރައްވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ރާއްޖެއެމްވީ އަށް ވިދާޅުވީ ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރައްވާނީ މި މަހުގެ 17 ވާ ހުކުރު ދުވަހު ކަމަށެވެ. އަދި އެދުވަހުގެ ރޭ ކާނިވަލުގައި އެކަމަށް ހާއްސަ ހަފްލާއެއް އޮންނާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ކާނިވަލުގައި ބާއްވާ ހަފްލާއަށް އެތަން ހަމަޖެހި ހުއްދަ ލިބިފައިވާ ކަމަށެވެ. އަދި އެމްޑީޕީން މި ހަފްލާއަށް ވާންޖެހޭ ތަައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

Advertisement

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލީ 71 އިންސައްތަ މީހުންގެ ތެރެއިން 61 އިންސައްތަ ވޯޓު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ހޯއްދަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާގޮތުން ވަގުތީ ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން ޕްރައިމަރީގައި ކުރި ހޯއްދަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ.

އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓާއި އެކުގައެވެ. ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

Advertisement

Advertisement
- ކޮމެންޓް