ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 11:00
މާފަންނު ގެއެއްގެ ބެލްކަނީ ވެއްޓިފައި --
މާފަންނު ގެއެއްގެ ބެލްކަނީ ވެއްޓިފައި --
ވައްކަންކުރުން
ވައްކަން ކުރަން އުޅެނިކޮށް ބެލްކަނީގެ ކޮންކްރީޓް ޝީޓާއެކު ވެއްޓި މީހަކަށް އަނިޔާވެއްޖެ
ބެލްކަނީގެ ޝީޓު ވެއްޓުނީ ވައްކަންކުރަން އުޅެނިކޮށް

މާލޭގެ ގެއަކުން މީހަކު ވައްކަންކުރަން އުޅުމުގެ ތެރޭގައި ބެލްކަނީގެ ކޮންކްރީޓް ޝީޓާއެކު ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނު ގެއަކުން ކޮންކްރީޓްގަނޑެއް ވެއްޓިފައިވާކަމަށް ރޭ 11:29 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ކޮންކްރީޓްގަނޑު ކަނޑައިގެން ވެއްޓުނީ ވައްކަންކުރަން ވަތް މީހަކު ބެލްކަނީން ފުއްމާލި ވަގުތުކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިިވާކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާއަަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް މީޑިޔާ އޮފިޝަލް ދެއްވާފައެއް ނުވެއެވެ. އޭނާ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ހިނގަމުން ދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް