ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 11:44
ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަނީ
ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަނީ
އިސްލާމިކް މިނިސްޓްރީ
ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ
ލޮނުގެ އަސަރުކޮށް ސަލްމާން މިސްކިތުގެ އޭސީތައް ދަބަރަށްވަނީ
ފެބްރުއަރީ މަހުގެ ފުރަތަމަކޮޅުގައި އޭސީގެ މައްސަލަ ހައްލުކުރެވިއްޖެ
ލޮނުގެ އަސަރު ވަރަށްބޮޑަށް ކޮށް އެއްޗެހި ދަބަރަށްވެ ހަލާކުވަނީ

ކިންގް ސަލްމާން މިސްކިތުގެ އޭސީތަކަށް ލޮނުގެ އަސަރުކޮށް ދަބަރަށްވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ފުރަތަމަ ފާހަގަކުރެވުނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ކަމަށެވެ. އެކަމަށް ހައްލު ހޯދުމަށް ކޮންޓްރެކްޓަރާއި ވާހަކަދައްކާ 25 އޮގަސްޓުގައި އެބޭފުޅުން މާލެ ވަޑައިގެން ފުރަތަމަ އޭސީ ރަނގަޅުކުރި ކަމަށެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ އަނެއްކާވެސް އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ ފަހަރަށް އޭސީގެ މައްސަލަ ދިމާވެ ކޮންޓްރެކްޓަރާއި ވާހަކަދައްކައިގެން އެބޭފުޅުންނާއެކީގައި 13 ނޮވެމްބަރުގައި އެއްބަސްވުމެއް ހަދައި، 23 ޖެނުއަރީގައި އެބޭފުޅުން މަސައްކަތް ފެއްޓެވި ކަމަށެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަކޮޅުގައި އޭސީގެ މައްސަލަ ހައްލުކުރެވިފައި އެވަނީ. އޭސީގެ މައްސަލަ ހައްލުކޮށް ބޭނުންކުރަމުންދަނީ މިހާރު. ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ ކަމަކީ ލޮނުގެ އަސަރު ކުރާތީ. ލޮނުގެ އަސަރު ވަރަށްބޮޑަށް ކޮށް އެއްޗެހި ދަބަރަށްވެ ހަލާކުވަނީ. އެއީ ދިމާވާ މައްސަލައަކީ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތުގެ ސައުންޑް މައްސަލައަކީ ވެސް އެގޮތަށް ދިމާވެފައި ހުރި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަމުން ގެންދަވާ ކަމަށާއި، އެތަން ބޭނުންކުރަން ފެށުނުއިރު އެންމެ މުންނާރަކުން ކުޑަކޮށް އަޑުއިވެމުންދިޔަ ކަމަށެވެ. އަދި ފަހުން މައްސަލަ ދިމާވެ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ލަސްތަކެއް ނުވެ އޭސީގެ މައްސަލަ ހައްލުކުރާ މީހުންނާއެކީ އެ މައްސަލަ ވެސް ހައްލުކުރެވިގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް