ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 07:27
ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
އެމްވީކްރައިސިސް
ހައިވޭގައި ހިނގި އެކްސިޑެންޓް
އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުން ނަގައިފި
 
އަދިވެސް އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ސިނަމާލެ ބްރިޖު ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.

އައިޖީއެމްއެޗް އިން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ވެންޓިލޭޓަރުން ނަގާފައިވަނީ އާދީއްތަ ދުވަހު މެންދުރުއެވެ. ނަމަވެސް އަދިވެސް އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ބުރާސްފަތި ދުވަހު ހަވީރު ހައިވޭ މަތީގައި އެކްސިޑެންޓުވީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަނީ ސައިކަލު ދުއްވަންއިން 40 އަހަރުން މަތީގެ ދިވެހި ފިރިހެނަކަށް ކަމަށް އެނގިފައިވެއެވެ. އޭނާއަށް ވެފައިވާ އަނިޔާގެ ތަފްސީލެއް ނޭނގެއެވެ.

މި އެކްސިޑެންޓުގައި ސައިކަލު އެއްކޮށްހެން ހަލާކުވެފައިވާއިރު ކާރުގެ ކުރިއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި އެކްސިޑެންޓު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް