ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 07:45
އެމްއެންޔޫއެސްޔޫ އަހުރަ މުބާރާތުގެ ތެރެއިން
އެމްއެންޔޫއެސްޔޫ އަހުރަ މުބާރާތުގެ ތެރެއިން
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެމްއެންޔޫއެސްޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް އަންނަ މާޗު މަހު
 
މުބާރާތް ބާއްވަން ފެށީ 2017 ވަނަ އަހަރު، ނަމަވެސް ކޯވިޑުގެ ސަބަބުން 2020، 2021 އަދި 2022 ވަނަ އަހަރު މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އަހުރަ ހޭންޑްބޯޅަ މުބާރާތް އަންނަ މާޗު މަހު ބާއްވަން ނިންމައިފި އެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން, މިއަހަރުގެ މުބާރާތް ބާއްވަނީ ތިން އަހަރު ދުވަހަށް ފަހު އެވެ. އެންމެ ފުރަތަމަ މުބާރާތް ބާއްވާފައި ވަނީ 2017 ވަނަ އަހަރު އެވެ. ނަމަވެސް ކޯވިޑުގެ ސަބަބުން 2020، 2021 އަދި 2022 ވަނަ އަހަރު މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ. މިއަހަރު މުބާރާތް ބާއްވަން ނިންމާފައިވާއިރު، މިހާރު ވަނީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ މި މަހުގެ 26 ވަނަ ދުވަހެވެ.

ލ.އަތޮޅު ގަމުގައި ބާއްވާ މި މުބާރާތަކީ އެ އަތޮޅުގެ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދާނީ އަންހެން އަދި ފިރިހެން ޑިވިޝަން އަށެވެ. މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ޗެމްޕިއަން ޓީމަކަށް 10،000 (ދިހާ ހާސް) ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. ދެ ވަނަ އަށް ހޮވޭ ޓީމަކަށް 5000 (ފަސް ހާސް) ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. މި މުބާރާތް ބާއްވަނީ އެމްއެންޔޫއެސްޔޫ އާއި އެ ޖަމިއްޔާގެ އަހުރަ ގޮތްޕާ ގުޅިގެންނެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައި ވަނީ 2019 ވަނަ އަހަރު އެވެ. އެ އެއަހަރުގެ މުބާރާތުގެ ދެ ޑިވިޝަންގެ ވެސް ޗެމްޕިއަންކަން ހޯދާފައި ވަނީ އިސްކަންދަރު އެއާބޭސް އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
50%
0%
0%
ކޮމެންޓް