ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 11:14
ވ. އަތޮޅު ފަޅެއްގެ ތެރެއިން ފެނުނު ހަށިގަނޑު
ވ. އަތޮޅު ފަޅެއްގެ ތެރެއިން ފެނުނު ހަށިގަނޑު
ޕޮލިސް
ގެއްލިފައިވާ މީހުން
ވ. އަތޮޅުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލައިފި
ފެނުނު މީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމެއް ނޭނގޭ
މި ހާދިސާ ހިނގީ ތެޔޮބޯޓަކުން ބަޔަކު ގެއްލުނު ދުވަސްވަރު
ވ. އަތޮޅު ފަޅަކުން މީހަކު ފެނުނު ފަހުން މަހަކަށްވުރެ ގިނަ ދުވަސްވަނީ ވެފައި

ވ. އަތޮޅު ވައްޓަރު ފަޅުތެރެއިން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނަގައި އެ ހަށިގަނޑު މިހާރު ވަޅުލައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އެ ހަށިގަނޑު މިހާރު ވަޅުލައިފައިވާ ކަމަށާއި މައްސަލަައިގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. އެެހެން ނަމަވެސް، އެ މީހާއަކީ ކާކުކަން ދެނެގަނެވިފައިވާކަމެއް ނުވަތަ ނޫންކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މަރުވެ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވ.އަތޮޅު ވައްޓަރު ފަޅުން ފެނުނީ މިދިޔަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެ ހަށިގަނޑުގެ ޑީއެންއޭ ހަދާނެ ކަމަށް ފުލުހުން އޭގެ ދެތިން ދުވަސްފަހުން ބުނިއިރު އޭރު ބުނީ އެ ކަމަށް ވަގުތު ނަގާނެ ކަމަށެވެ.

މި ހާދިސާ ހިނގި ދުވަސްވަރަކީ ވިލިމާލޭން ފުރި ތެޔޮބޯޓެއްގައި ތިބި ދެ މީހެއްގެ ހަބަރެއް ނުވެގެން ހޯދި ދުވަސްވަރެވެ. ގެއްލުނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް، 45، އާއި ބަންގްލަދޭޝް މީހެއްކަމަށް ވާ މުހައްމަދު ލިޓަން، 35 އެވެ. އެ ބޯޓު އޮޔާދަނިކޮށް ފަހުން ފެނުނުއިރު ގެއްލުނު ދިވެހި މީހާ މާލެތެރެއިން ފެނުނެވެ. އޭނާ ފެނުނު ދުވަހު މަރެއްގެ ތުހުމަތަށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް