ކ. މާލެ
|
11 ފެބްރުއަރީ 2023 | ހޮނިހިރު 14:51
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލުސް އިސްޓޭޝަނަށް ގެއްލުންދީފައި --
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލުސް އިސްޓޭޝަނަށް ގެއްލުންދީފައި --
އާލިމް ޢަބްދުއްލަތީފް
ފުލުހުން
ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެއްލުންދީ ފުލުހަކު ޒަޚަމްކޮށްލައިފި
މި މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފައި
ގެއްލުންދީފައިވަނީ ދެވަނަ ފިޔަވަހީގެ ފުލުސް ސްޓޭޝަނަށް
ޕޮލިސް ސްޓޭޝަނަށް ގެއްލުންދިނީ ގާބުރިއެއް އެއްލައިގެން

ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ރޭ ގެއްލުންދީ ބިއްލޫރިގަނޑު ތަޅައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި މިއަދު ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ޒުވާނެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ތަނުގެ ބިއްލޫރިގަނޑު ތަޅައިލައިފައި ވަނީ ގާބުރިއެއް އެއްލައިގެންނެވެ. އަދި އެ ގާ ބުރިން ޖެހި އެތެރޭގައި ހުރި ފުލުހަކަށް އަނިޔާވިކަމަށް ވެސް އެނގިފައިވެއެވެ.

ފުލުހުންގެ މީިޑިއާއިން ވެސް އެކަން ކަށަވަރުކޮށްދޭއިރު އެ ފުލުސް މީހާއަށް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި ގާ ބުރިން ޖެހުނީ އޭނާގެ ބޮލުގައެވެ. ނަމަވެސް ބޯ ފަޅައިގެންނެއް ނުދެއެވެ.

މީގެ މަހެއް ކުރިން ވެސް ފުލުހުންގެ ވެހިކަލެއްގައި ރޯކޮށްލާ ވަނީ ގެއްލުންދީފައެވެ. އެއީ އެޗްޑީސީ ކައިރީގައި ޕާކުކޮށްފައި އޮތް ވެހިކަލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް