ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 12:24
ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
އެމްވީކްރައިސިސް
ބްރިޖުގައި ހިނގި އެކްސިޑެންޓު
ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
 
މި އެކްސިޑެންޓް ހިނގީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި

ސިނަމާލޭ ބްރިޖު ހައިވޭގައި ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެކްސިޑެންޓުވި މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އަދި އޭނާގެ ހާލަތާ މެދު ސީދާ އެއްޗެއް ބުނަން ދަތި ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ބްރިޖު ހައިވޭއިން ދަތުރު ކުރި ކާރަކާއި ސައިކަލެއް ޖެހިއެވެ. ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު އެއްކޮށްހެން ހަލާކުވެފައިވާއިރު ކާރުގެ ކުރިއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި އެކްސިޑެންޓު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބްރިޖާއި ބްރިޖު ހައިވޭގައި މީގެ ކުރިންވެސް އެކްސިޑެންޓުތައް ވަނީ ހިނގައިފައެވެ. އަދި ބައެއް އެކްސިޑެންޓުތަކުގައި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިންވެސް ބައެއް މީހުން ވަނީ މަރުވެފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ބްރިޖްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަޝްހޫރު ދިވެހި ވިޔަފާރިވެެރިއަކު ވެސް ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
26%
5%
47%
16%
5%
0%
ކޮމެންޓް