ކ. މާލެ
|
9 ފެބްރުއަރީ 2023 | ބުރާސްފަތި 17:39
ޑރ. މާލާ (ކ)
ޑރ. މާލާ (ކ)
ސޯޝަލްމީޑިއާ
ޑރ. މާލާގެ މައްސަލަ
ޑރ. މާލާގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ދަނީ ބަލަމުން
 
ޑރ. މާލާ އަލީ މަހުމޫދުގެ މީސްމީޑިއާގައި ބުނެފައިވަނީ އޭނާ ރާއްޖެ އައީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށް
 
އޭނާއަކީ މަކަރާއި ހީލަތުގެ މައްސަލަތަކަކާ ގުޅިގެން ބައެއް އިސްލާމީ ގައުމުތަކުން ޑީޕޯޓްކޮށްފައިވާ މީހެއް

އަޑު އިވުމުން މަހްރޫމް ވެފައިވާ މީހުންނާއި ވާހަކަ ނުދެއްކޭ މީހުން ރަނގަޅުކުރާކަމަށް ދައުވާކުރާ އިރާގުގެ ޑޮކްޓަރަކު ރާއްޖެ އައިސް ބައެއް މީހުންނަށް ފަރުވާދީފައިވާ މައްސަލައެއް ފެންމަތިވެފައިވާތީ, އެކަން ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޑރ. މާލާ އަލީ މަހުމޫދު ރާއްޖެ އައުމުން ބައެއް އާއްމުން ވަނީ ޑރ. މާލާ ކައިރިއަށް ފަރުވާ ހޯދަން ގޮސްފައެވެ. އެހެންނަމަވެސް އޭނާ ކައިރިއަށް ދިޔަ އެއްވެސް މީހަކަށް ފަރުވާއެއް ލިބިފައިވާކަން އެނގިފައެއް ނުވެއެވެ. ޑރ. މާލާއަކީ ސިހުރު ހަދާ މީހެއް ކަަމަށް ބުނާ މައްސަލަތައް ފެންމަތިވެ އޭނާ މީގެ ކުރިން ހައްޔަރުވެސް ކޮށްފައިވެއެވެ. އެހެންކަމުން އެ މައްސަލަ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވޭތޯ ސުވާލުކުރުމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެފަދަ މައްސަލައެއް ރަސްމީ އިދާރާއަކުންވެސް އަދި އާއްމުފަރާތަކުންވެސް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ފެންމަތިވުމާއެކު، މިނިސްޓްރީން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އޭނާ ރާއްޖެ އައީ ކިހިނެތްތޯ ބަލަން އިމިގްރޭޝަންގައި އެދިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އައިސް ބައެއް ދިވެހިންނަށް ފަރުވާ ދިނުމަށް ޑރ. މާލާ ހަރަކާތްތެރިވެފައިވާތީ އެ މައްސަލަ ހެލްތު މިނިސްޓްރީންވެސް ދަނީ ބަލަމުންނެވެ. ހެލްތު މިނިސްޓްރީން ބުނިގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައިކަމަށާއި، އެހެންކަމުން އޭނާއަށް ރާއްޖޭގައި ފަރުވާ ދިނުމުގެ ޚިދުމަތް ނުދެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޑރ. މާލާ އަލީ މަހުމޫދުގެ މީސްމީޑިއާގައި ބުނެފައި ވަނީ އޭނާ ރާއްޖެ އައީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ބައެއް ދިވެހިންނަށް ފަރުވާދިންކަން އޭނާގެ ފޭސްބުކް ޕޭޖަށް ލާފައިހުރި ފޮޓޯތަކުން ދޭހަވެއެވެ. މިގޮތުން ފަރުވާދިން މީހަކު ރަނގަޅުވުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އިނާމު ދިން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން މި މައްސަލަ ބަަލަމުން ދާއިރު، ޑރ. މާލާ އަލީ މަހުމޫދު ވަނީ ރާއްޖެއިން ފުރާފައެވެ.

އޭނާއަކީ މަކަރާއި ހީލަތުގެ މައްސަލަތަކަކާ ގުޅިގެން ބައެއް އިސްލާމީ ގައުމުތަކުން ޑީޕޯޓްކޮށްފައިވާ މީހެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް