ޖޫނިއަރ ފުޓްބޯޅަ ރެފްރީން ތަމްރީނުކުރުމުގެ ފަސްވަނަ ބުރު ރެފްރީޒް އެސޯސިއޭޝަނުން ފަށައިފިއެވެ. ފަސްވަނަ ބެޗްގައި ދެޖިންސުން ފަންސާހަކަށް ކުދިން ބައިވެރިވެއެވެ.
މިޕްރޮގްމްގެ ދަށުން ފުރުޞަތު ދެނީ ގްރޭޑް ފަހަކުން ފެށިގެން މަތީގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ. ރެފްރީޒް ކޯހުގެ އެންމެ ބޭސިކް ދަސްކޮށްދޭ މިޕްރޮގްރާމް ތިން މަސްދުވަހަށް ކުރިއަށް ގެންދާނެކަމަށް ރެފްރީޒް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ރެފްރީޒް އެސޯސިއޭޝަނުން ބުނީ އަމާޒަކީ އެފްއޭއެމްގެ އެންޓްރީ ލެވެލްއަށް ޖޫނިއަރ ރެފްރީން ގެންދިއުންކަމަށާއި, ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެފްއޭއެމްގެ އެހީތެރިކަން ލިބޭކަމަށެވެ. އެފްއޭއެމްއާ ވާހަކަ ދައްކައިގެން އެކުދިންނަށް ފުރުޞަތުތައްވެސް ދެވޭކަން އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
މިޕްރޮގްރާމްގެ ތެރެއިން ނުކުތް ކުދިން މިހާރު އޭޖް ގްރޫޕްތަކުގެ މުބާރާތްތަކަށް މައިގަނޑުކޮށް އެއިންސާފްކުރަނީ. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް.ރެފްރީޒް އެސޯސިއޭޝަން
ރެފްރީޒް އެސޯސިއޭޝަނުން ޤަބޫލުކުރަނީ މިޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި އޮތް ރެފްރީން ނުލިބުމުގެ ދަތިކަމަށް އެކަށީގެންވާ ހައްލެއް ލިބޭނެކަމަށެވެ. މިޕްރޮގްރާމް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އެއެސޯސިއޭޝަންގެ އަމާޒެވެ.