Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2023 | ހޯމަ 20:31
ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އިބްރާހިމް މުޢިއްޒު
ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އިބްރާހިމް މުޢިއްޒު
ރައްޔިތުންގެ މަޖިލިސް
މެމްބަރ މުއިއްޒު ރައީސް ޞާލިހަށް ތާއީދުކުރެއްވުން
ނަޝީދު ފަޅީގައި ހުންނެވި މެމްބަރ މުއިއްޒުގެ ތާއީދު ރައީސް ޞާލިހަށް
އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް އާއެކީ އެމް.ޑީ.ޕީ އަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށް ދިނުމަށް މަސައްކަތް ކުރުމަށް ނިންމަވައިފައިވާކަމަށް ވިދާޅުވި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އިބްރާހިމް މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

Advertisement

ރައީސް ޞާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވާ މެމްބަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް އާއެކީ އެމް.ޑީ.ޕީ އަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށް ދިނުމަށް މަސައްކަތް ކުރެއްވުމަށް ނިންމަވައިފިކަމަށެވެ.

ފާއިތުވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ ތެރޭގައި މެމްބަރ މުއިއްޒު ވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވާ ކެމްޕެއިން ކުރައްވާފައެވެ. ހޯމަ ދުވަހު އޮތް މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާއަށް ވަޑައިގެންނެވި ރައީސް ނަޝީދު ފަޅީގެ މަދު މެމްބަރުންގެ ތެރޭގައި މެމްބަރ މުއިއްޒު ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިހާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި ފެކްޝަން އުފެދިފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެމްބަރުންގެ ތެރޭގައިވެސް ރައީސް ނަޝީދު ފެކްޝަނާއި ރައީސް ޞާލިހު ފެކްޝަން ވަނީ އުފެދިފައެވެ. އަނެއްކޮޅުން ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންނެވިނަމަވެސް ރައީސް ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމަނިކުފާނަށް ތާއީދު ހޯއްދަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް