ކ. މާލެ
|
4 ފެބްރުއަރީ 2023 | ހޮނިހިރު 19:04
މާލޭގެ މަގެއް
މާލޭގެ މަގެއް
އަޝްވާ ފަހީމް
ލައިސެންސްގެ ޚިދުމަތް
އާދިއްތަ ދުވަހުން ފެށިގެން "ޕޮލިސް އެމްވީ" އެޕްލިކޭޝަނުން ފެންނަ ޑިޖިޓަލް ލައިސަންސް ބަލައިގަންނާނެ
 
"ޕޮލިސް އެމްވީ" އެޕްލިކޭޝަން އިން ފެންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސް ގޮތުގައި ބައްލައިގަންނާނެ
 
ޖެނުއަރީ މަހުގެ 29 އިން ފެށިގެން ހަފްތާއެއްގެ ނިޔަލަށް ލައިސަންސްގެ ހުރިހާ ހިދުމަތްތައް ވަގުތީގޮތުން ވަނީ ހުއްޓާލާފަ

މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އިން ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިދުމަތް އާދީއްތަ ދުވަހުން ފެށިގެން ޑިޖިޓަލްކޮށް ބޭނުންކުރަން ފެށުމާއި އެކު އާދިއްތަ ދުވަހުން ފެށިގެން "ޕޮލިސް އެމްވީ" އެޕްލިކޭޝަނުން ފެންނަ ޑިޖިޓަލް ލައިސަންސް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އާދިއްތަ ދުވަހުން ފެށިގެން ފުލުހުންގެ ފަރާތުން ބޭނުންކުރަމުންދާ "ޕޮލިސް އެމްވީ" އެޕްލިކޭޝަން އިން ފެންނަ އެ މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސް ގޮތުގައި ބައްލައިގަންނާނެ އެވެ. މީގެ އިތުރުން އެ އެޕްލިކޭޝަންއިން ފެންނަ ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއްނަމަ އެއީ ހާއްސަ ލައިސެންސް ކަމުގައި ފުލުހުންވެސް ބަލައިގަތުމަށް މިނިސްޓްރީންވެސް ވަނީ އަންގަފާއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރުމަތި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ލުއިފަސޭހަކަމާއެކު އެ މިނިސްޓްރީގެ ހިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށް އެ ވުޒާރާ އިން ބުނެއެވެ. އެގޮތުން މިނިސްޓްރީގެ ފަރާތުން އަލަށް ފަރުމާކުރެވުނު ސޮފްޓްވެއަރގެ ބައިތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިދުމަތް އާދީއްތަ ދުވަހުން ފެށިގެން ބޭނުން ކުރެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

އެ މިނިސްޓްރީން ވަނީ މި ދިޔަ ޖެނުއަރީ މަހުގެ 29 އިން ފެށިގެން ހަފްތާއެއްގެ ނިޔަލަށް ލައިސަންސްގެ ހުރިހާ ހިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައެވެ. އެ ހިދުމަތް ހުއްޓާލީ ލައިސަންސާއި ބެހޭ ހިދުމަތް ރޯލްއަޓް ކުރުމަށާއި ޑޭޓާ މައިގްރޭޝަންގެ މަސައްކަތްކުރުމަށްޓަކައެވެ.

އަލަށް ތައާރަފްކުރެވޭ ސޮފްޓްވެއަރ އާއި އެކު ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރިއަށްދާނީ ޑިޖިޓަލްކޮށެވެ. އަދި، ލައިސަންސް ދޫކުރެވޭނީވެސް ޑިޖިޓަލް ކޮށްކަން ފާހަގަކޮށްލެވެއެވެ. މި ބަދަލާއި އެކު ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީ ވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ހިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެއެވެެ. މި ބަދަލާއި ގުޅިގެން މިހާރު ޕްރިންޓިންގ އަށް ކުރަމުން ގެންދާ ހޭދަ ކުޑަވެގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
50%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް