ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 20:43
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އަސްކަރީ ތަމްރީނު
މާލެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ
މި ތަމްރީނުތައް ކުރިއަށްދާނީ ފެބްރުއަރީ 1 އިން 9 އަށް
މާލޭގައާއި، ހުޅުމާލެ ފޭސް 1 އަދި 2 ގެ އެކި އެކި ލޮކޭޝަންތަކުގައި ތަމްރީނުތައް ކުރިއަށްދާނެ

މާލެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، އެމްއެންޑީއެފް ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.

މި ތަންރީނުތައް ކުރިއަށްދާނީ ފެބްރުއަރީ 1 އިން 9 އަށެވެ. މާލޭގައާއި، ހުޅުމާލެ ފޭސް 1 އަދި 2 ގެ އެކި އެކި ލޮކޭޝަންތަކުގައި މި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މި ހަރަކާތްތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް