Advertisement
ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 07:28
އެޗްއާރުސީއެމް
އެޗްއާރުސީއެމް
ރާއްޖެ އެމްވީ
އެޗްއާރްސީއެމް
މިދިޔަ އަހަރު އެޗްއާރްސީއެމް އަށް 543 މައްސަލަ ހުށަހަޅާފައިވޭ
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވަނީ 996 މައްސަލަ

މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އަށް 543 މައްސަލަ ހުށަހެޅިފައިވާ ކަމަށް އެޗްއާރްސީއެމްގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ އަހްމަދު މަގްސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަގްސޫމް ވިދާޅުވީ 2022 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވަނީ 996 މައްސަލަ ކަމަށެވެ.

2022 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކާއި އޭގެ ކުރިން ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ބަންދު މަރުކަޒުގައި ތިބޭ މީހުންގެ ސިއްހީ ފަރުވާގެ މައްސަލަތައް ހުށަހެޅުނު މިންވަރު އިތުރު ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބަންދު މީހުންނާއި ގުޅުންހުރި އެހެން މައްސަލަތައް އިތުރުކަން ފާހަގަކުރެއްވިއެވެ.

ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެޗްއާރްސީއެމް ޑިރެކްޓަރ އިބްރާހިމް ސުއޫދު ވިދާޅުވީ މައްސަލަތައް ބެލުމަށްފަހު ކޮމިޝަނުން ތައްޔާރުކުރާ ތަފްސީލީ ރިޕޯޓް ފުލުހުންގެ އިދާރާ އާއި ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވާ ކަމަށެވެ.

Advertisement

އަދި މައްސަލަތައް ބެލުމަށް އެކި އިދާރާތަކަށް ޒިޔާރަތްކުރާއިރު އެތަންތާނގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

މައްސަލަތައް ބެލުމަށްފަހު އިދާރާތަކަށް ކަންކަން ރަނގަޅު ކުރަން ހުރިނަމަ އަންގާކަން ފާހަގަކުރައްވާ ސުއޫދު ވިދާޅުވީ ހުށަހަޅާ ހުށަހެޅުންތައް ތަންފީޒުކުރުމަށް އިދާރާތަކުގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ.

ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބަލަނީ މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ މައްސަލަތައް ކަމަށް ސުއޫދު ވިދާޅުވިއެވެ.

އާންމުގޮތެއްގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ ޤައިދީންގެ ޙައްޤުތައް ނުލިބިގެން ހުށަހަޅާ މައްސަލަތަކާއި، އެންޓި ޓޯޗަރގެ މައްސަލަތަކާއި، ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ އިތުރުން ވަޒީފާއާއި ގުޅިގެން ހުށަހަޅާ މައްސަލަތަށްކަމުގައި އެޗްއާރްސީއެމުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް