ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 17:15
ކޯޒްވޭގެ އެއްބަސްވުމުގައި ސޮއިކުރުން
ކޯޒްވޭގެ އެއްބަސްވުމުގައި ސޮއިކުރުން
ޕްލޭނިންގ މިނިސްޓްރީ
ދެ ރަށް ކޯޒްވޭއިން ގުޅާލުން
ލ. ދަނބިދޫއާއި ކަލައިދޫ ކޯޒްވޭއަކުން ގުޅާލަން އެމްޓީސީސީއާ ހަވާލުކޮށްފި
މިއީ 144.38 މިލިއަން ރުފިޔާގެ މަޝްރޫއެއް
މި މަޝްރޫއު 550 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

ލ. ދަނބިދޫއާއި ކަލައިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގައި، ލ. ކަލައިދޫ، އިސްދޫ އަދި ދަނބިދޫ ގުޅާލާނެއެވެ.

މި މަޝްރޫއުގެ ދަށުން، 42،624 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 752 މީޓަރުގެ ސްކައުރިންގ ޕްރަން ހެދުމާއި، 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމާއި، 7،266 އަކަމީޓަރުގެ ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓަކާއި ޖިއޯޓެކްނިކަލް ސަރވޭއަކަށް ފަހުއެވެ.

މިއީ 144.38 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު 550 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

Advertisement

Advertisement
- ކޮމެންޓް