ކ. މާލެ
|
3 ނޮވެންބަރ 2025 | ހޯމަ 19:38
ރައީސުލްޖުމްހޫރިއްޔާ، ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ، ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ލ. އަތޮޅުގެ ދަތުރުފުޅު
ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ދަނބިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް
ރައީސްގެ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ލ. ދަނބިދޫ އަށް ވަޑައިގެންނެވީ 21 އޮކްޓޯބަރު 2025 ގަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި އެވެ.

ފައްޓަވައި ދެއްވި މަޝްރޫއުތައް

ލ. ކަލައިދޫ-ދަނބިދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް

ލ. ކަލައިދޫ-ދަނބިދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 155,941,090.92 ރުފިޔާގެ އަގަށް 550 ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ. މި މަޝްރޫޢުގެ ދަށުން ކަލައިދޫއާއި ދަނބިދޫއާއި ދެމެދު 111 މީޓަރުގެ ތިން ކަލްވާޓް ސެގްމަންޓާއި ޖުމުލަ 675.6 މީޓަރުގެ ކޯޒްވޭ ސެގްމަންޓާއި އަދި 260 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް

މި މަޝްރޫއުގެ ދަށުން ވޯޑުގެ ޖާގަ އިތުރުކުރެވި، ނަރސް ސްޓޭޝަން، ލެބޯރެޓަރީ، މިފަދަ މުހިންމު ޖާގަތައް އިތުރުކުރެވިގެންދާނެ އެވެ.

ފެށި އިތުރު މަޝްރޫއުތައް:

  • ފުލުހުންގެ މަރުކަޒު
  • ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު
  • ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް

ސޮއިކުރެވުނު މަޝްރޫއުތައް

ލ.ދަނބިދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރަނީ ކިތައް މަގެއް ކިހިނެއް ކަމެއް ތަފްސީލެއް ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލު ކުރި މި މަޝްރޫއު ނިންމަން ހަވާލުކުރީ 730 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ އަގަކީ 133،617،166.92 ރުފިޔާ އެވެ.

އިތުރަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

  1. ކަރަންޓުގެ މައްސަލައަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި ފެނަކައިން އިތުރު ޖެނެރޭޓަރ ގެނައުން
  2. 500 މީހުންގެ ޖާގައިގެ މިސްކިތެއް ގާއިމުކުން (މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށްޓަކައި، ދާދި އަވަހަށް ކުންފުންޏަކާ އެގްރީމަންޓް ހަދާނެ)
  3. ރަށުގައި ވޮލީކޯޓެއް ގާއިމުކުރުން
  4. ހޭންޑްބޯލް ކޯޓެއް އެޅުމަށް މި އަހަރުގެ ތެރޭގައި ފަރާތަކާ ހަވާލުކުރެވޭނެ (މި އަހަރުގެ ތެރޭގައި ފަރާތަކާ ހަވާލުކުރެވޭނެ)
  5. ސްކޫލުގައި މަލްޓި-ޕާރޕަސް ހޯލު (އަންނަ އަހަރު ކުރީކޮޅު މަސައްކަތް ފަށާނެ)
  6. ނެރުތައް ފުންކުރުމަށާއި، ބަނދަރު ތެރޭގައި ހުރި ދަތިތައް ޙައްލުކުރު (މިނިސްޓްރީގެ ޓީމެއް އައިސް ހަރަދުގެ އަންދާޒާއެއް ހަދާނެ)
  7. ސިއްހީ މަރުކަޒަށް އެމްބިއުލާންސް

ދަނބިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އަމަލީގޮތުން ފެށުނު މަޝްރޫއުތަކާއި، އަދި ކުރިއަށް އޮތް ތަނުގައި މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ދެންނެވި މަޝްރޫއުތަކާއި، އަންނަ އަހަރަށް ބަޖެޓު ކުރެވިގެން، ކުރީކޮޅު ފަށާނެ މަޝްރޫޢުތައް ވީހާވެސް އަވަހަށް ފައްޓަވާނެ ކަމަށެވެ.

- ކޮމެންޓް