Advertisement
ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 07:20
ފުވައްމުލަކުގައި ރައީސް ޞާލިހުގެ ކެމްޕޭން ޖަގަހަ ހުޅުވުން
ފުވައްމުލަކުގައި ރައީސް ޞާލިހުގެ ކެމްޕޭން ޖަގަހަ ހުޅުވުން
އެމްޑީޕީ ކުރިއަށް ޓުވިޓަރ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރައީސްއަށް ދޭނީ އޭ ޕްލަސްއެއް: ފުވައްމުލަކު މޭޔަރު
ފާއިތުވި ހަތަރު އަހަރުގެ ތަޖުރިބާގެ އަލީގައި ރައީސް އަށް ދޭނީ އޭ ޕްލަސްއެއް
ވެރިކަމަށް ނުކުންނަ ބޭފުޅަކު ގޮތް ދޫކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ
ރައީސްއާ އެކު މަސައްކަތް ކުރަން ފަސޭހަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެއްވާނީ އޭ ޕްލަސްއެއް ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީ މޭޔަރު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ އެ ސިޓީގައި ރައީސް ޞާލިހުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ފާއިތުވި ހަތަރު އަހަރުގެ ތަޖުރިބާގެ އަލީގައި ފުވައްމުލަކުގެ ރައްޔިތެއްގެ ހައިސިއްޔަތުންނާއި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އެމަނިކުފާނަށް ދެއްވާނީ އޭ ޕްލަސްއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މޭޔަރު ރަފީގު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެއަށް އިންގިލާބީ ބަދަލުތައް ގެނެސް، ތަރައްގީގެ ހެޔޮ ބަދަލުތައް ގެންނަ ޕާޓީ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެކަން ކުރާނީ އެމްޑީޕީން ކަމަށާއި ރައީސް ޞާލިހާއެކު ޕްރައިމަރީގައި ހުންނެވީ އެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން އެމްޑީޕީއަށް އެކަނި ނުކުމުގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވައި މޭޔަރު ރަފީގު ވިދާޅުވީ ވެރިކަމަށް ނުކުންނަ ބޭފުޅަކު ގޮތް ދޫކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ. އަދި އެ ސިފަތައް ރައީސް ޞާލިހުގައި އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ހަތަރުވަރަކަށް އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ ރައީސް، ހަމަ ޔަގީނުންވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންވެސް އަދި ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ދޭނީ އޭ ޕްލަސްއެއް.
ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު

ސަރުކާރުން ފުވައްމުލަކަށް ކުރެއްވި ކަންކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ އަދިވެސް އެ ރަށަށް ތަރައްގީ ގެނުވައިދޭނީ ރައީސް ޞާލިހު ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން، އެތެރޭގެ މަގުތަކުގެ މަސައްކަތް ވެސް ކޮވިޑުގެ ތެރޭގައި ފަށާފައިވާ ކަމަށާއި ރައީސްއާ އެކު މަސައްކަތް ކުރަން ފަސޭހަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޭޔަރު ރަފީގު ވިދާޅުވީ ރައީސް ޞާލިހު ފުވައްމުލަކުގެ ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާ ކަމަށާއި އެގޮތުން ކައުންސިލުގެ އެދުމުގެ މަތިން ފުވައްމުލަކުގައި ގާއިމުކުރަން ނިންމާފައިވާ ހައުސިންގ ޔުނިޓުގެ އަދަދު 400 އަށް އިތުރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަގުތަކުގެ މަސައްކަތް ނިމުމުން ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 12 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރަން ކައުންސިލުން ހުށަހެޅުމުން އެކަން ވެސް އެގޮތަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް