ކ. މާލެ
|
18 ޖެނުއަރީ 2023 | ބުދަ 08:14
ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
ޓްވިޓަރ
ވިލިނގިލީގެ ތަރައްޤީގެ މަސައްކަތް
ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
މި މަޝްރޫޢުއަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދުވާނެކަމަށް ސަރުކާރުން ބުނޭ
ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް

ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުއަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ. މި މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

އެ މަސައްކަތް ފަށާފައި ވަނީ އަންގާރަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ވިލިނގިލީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އަކްރަމް ކަމާލުއްދީނާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން އަދިި ރަށު ކައުންސިލް މެންބަރުންނެވެ.

ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 2023ގެ ޖޫން މަހުގެ ތެރޭގައިއެވެ. އެ މަޝްރޫޢުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ކަމަށް ވާއިރު އެ ހައުސިން ޔުނިޓްތަކަކީ 700 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ. އޭގެ ތެރެއިން ކޮންމެ އެޕަރޓްމަންޓެއްގައި 3 ކޮޓަރިއާއި، 3 ފާހަނައާއި، ބަދިގެ، ކާގެ، ބެލްކަނީ، ސިޓިންރޫމްގެ އިތުރުން ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވިލިނގިއްޔަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު އާބާދީ ބޮޑު ރަށެއް ކަމަށާއި އެ ރަށަކީ ރަނގަޅު އިޤްތިޞާދެއް އޮތް ރަށެއްކަމަށެވެ. އެހެންކަމުން ވިލިގިއްޔަކީ އެކި އެކި ބޭނުންތަކަށް އެރަށަށް ދިރިއުޅުން ބަދަލުކޮށްގެން އެހެނިހެން ރަށް ރަށުގެ މީހުންވެސް ވަޒަންވެރިވެފައިވާ ރަށެއްކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ގެދޮރުވެރިޔާގެ ލޯނުގެ ދަށުން މިހާތަނަށް ގއ.އަތޮޅަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަމަޖައްސާދދީފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ ތެރެއިން 9.5 މިލިޔަން ރުފިޔާ ހަމަޖައްސައި ދީފައިވަނީ ވިލިނގިލީ ރައްޔިތުންނަށް ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންގެ އެދުމާއި އެއްގޮތަށް އެ ރަށުގައި 50 ހައުސިންގ ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

- ކޮމެންޓް