Advertisement
ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 13:39
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކެމްބޯޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގެ ތެރެއިން
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކެމްބޯޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ކެމްބޯޑިއާއިން ހަނޑޫ އެތެރެކުރުން
ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރި
ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރި

ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ދިވެހިރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމާޑެކް އައްކާ މޮހާ ސޭނާ ޕަޑެއި ޓެޗޯ ހުން ސެން އާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމަށްފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ރައީސް ވިދާޅުވީ އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ތެރެއިން، ކެމްބޯޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން، މަޝްވަރާތަކުގައި އެމަނިކުފާނު ފާޅުކުރެއްވި ކަމަށެވެ.

Advertisement

ކެމްބޯޑިއާއަކީ ގިނަ ޢަދަދަކަށް ހަނޑޫ އުފައްދާ ޤައުމެއްގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ ޢަދަދަކަށް އެކްސްޕޯޓް ކުރާ ޤައުމެއް ކަމަށާއި، އެހެންކަމުން، ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ދިވެހިރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައިސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޒުވާރިއާއި، މިރުހާއި، ދަނޑިއަލުއްވާއި، ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި، މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. ހަމައެފަދައިން، ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމެއްކަމުން، ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރިން. ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ބެހޭގޮތުން ވެސް އެ މަނިކުފާނާއެކު މަޝްވަރާ ކުރިން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ތަފާތު ބާޒާރުތަކަށް ރާއްޖޭގެ އިމްޕޯޓް ސިންދަފާތު ކުރުމުން ލިބޭނެ ހަމައެކަނި ފައިދާއަކީ، ރާއްޖޭގައި ވިއްކާ އަސާސީ ކާބޯތަކެއްޗާއި، ކާޑުގެ ބާވަތްތަކުގެ އަގުތައް ދަށަށް ދިޔުމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރުވެ، ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު އިޚްތިޔާރުތައް ލިބިގެންދާނެ ކަމަށެވެ. އަދި ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމުގެ ގޮތުން، މި ދަތުރުފުޅުގެ ހަވާސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ރާއްޖެއާއި ކެމްބޯޑިއާގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ މެދުގައި ބާއްވާ ބިޒްނަސް ފޯރަމެއް އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ބިޒްނަސް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް