ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 12:22
ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ
ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ
އެމްވީކްރައިސިސް
ކިނބުލެއް ފެނުން
ކ. ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ދޫކޮށްލައިފި
މި ކިނބޫ ފެނިފައިވަނީ ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން
ކިނބޫ ހިފުމަށްފަހު ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް ވަނީ ދޫކޮށްލާފައި

ކ. ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން ބުރާސްފަތި ދުވަހު ކިނބުލެއް ފެނިގެން ރިޕޯޓުކޮށްފައިވާކަމަށެވެ.

އެ ކިނބޫ ހިފާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ކިނބުލުގެ ދިގުމިނުގައި 14 ފޫޓު ހުރިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަދި މި ކިނބޫ ހިފުމަށްފަހު ކ. ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރުވަނީ ދޫކޮށްލާފަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

- ކޮމެންޓް