ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 03:09
ގެއްލިގެން ހޯދަމުން އަންނަ ހަސަން ރަމީޒް
ގެއްލިގެން ހޯދަމުން އަންނަ ހަސަން ރަމީޒް
ޕޮލިސް
ގެއްލިގެން މީހަކު ހޯދަނީ
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ދ. މާއެނބޫދޫ / ފަރިމާވިލާ، އުމުރުން 34 އަހަރުގެ ހަސަން ރަމީޒް
ރަމީޒްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ 10 ވަނަ ދުވަހު

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. 

ގެއްލިގެން ހޯދަމުންދަނީ ދ. މާއެނބޫދޫ / ފަރިމާވިލާ، އުމުރުން 34 އަހަރުގެ ހަސަން ރަމީޒެވެ. 

ޖަނަވަރީ 6 ވަނަ ދުވަހުން ފެށިގެން ހަސަން ރަމީޒްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ 10 ވަނަ ދުވަހުއެވެ. 

ހަސަން ރަމީޒް ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111ށް ނުވަތަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052ށް ގުޅައިގެން ހިއްސާކުރުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް