Advertisement
ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 14:25
ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވައިފިނަމަ، އެ ފަރާތެއް ދުއްވި އުޅަނދު ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތު ހަމަވުމުން
ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވައިފިނަމަ، އެ ފަރާތެއް ދުއްވި އުޅަނދު ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތު ހަމަވުމުން
ރާއްޖެއެމްވީ
އެއްގަމު އުޅަނދާބެހޭ ގަވާއިދު
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދާ ޙަވާލުވުމުގެ ކުރިން ޖޫރިމަނާ ފައިސާ ދެއްކި ކަމުގެ ލިޔުން ހުށަހަޅަން ޖެހޭ
ޖޫރިމަނާ ދެއްކުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުން ހުށަހަޅަންވާނެ
ބައެއް ހާލަތްތަކުގައިވާ އުޅަނދުތައް ހިފެހެއްޓޭނެކަމަށް ވަނީ ބަޔާން ކޮށްފައި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

ބުދަ ދުވަހު އަމަލު ކުރަން ފެށި އިސްލާހުގައި ވަނީ، އުޅަނދާ ހަވާލުވުމުގެ ކުރިން، އުޅަނދުގެ ވެރިފަރާތުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ނުވަތަ އެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތް ނަމަ، އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅައިފައިވާ އިދާރާއަކަށް ފައިސާ ދެއްކިކަމުގެ ލިޔުން ނުވަތަ ޖޫރިމަނާ ފައިސާ ދައްކަމުންދާކަމުގެ އެއްބަސްވުން ހުށަހަޅަން ވާނެކަމަށެވެ.

އުޅަނދާ ހަވާލުވުމަށް ޓަކައި އުޅަނދުގެ ވެރިފަރާތުން ޖޫރިމަނާ ދެއްކިކަމުގެ ލިޔުން ނުވަތަ ޖޫރިމަނާ ދެއްކުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުން ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބައެއް ހާލަތްތަކުގައިވާ އުޅަނދުތައް ހިފެހެއްޓޭނެކަމަށް ވަނީ ބަޔާން ކޮށްފައެވެ.

އެގޮތުން ބަލާއިރު، ދުވެލީގެ މިންގަނޑާ ޚިލާފަށް ދެ ފަހަރަށްވުރެ އިތުރަށް ދުއްވުމުގެ ސަބަބުން ހިފަހައްޓައިފައިވާ އުޅަނދެއްނަމަ، އުޅަނދު ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

Advertisement

އޭގެ އިތުރުން، ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވައިފިނަމަ، އެ ފަރާތެއް ދުއްވި އުޅަނދު ދޫކުރެވޭނީ 30  ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

އަދި ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓް ކުރަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވައިފިނަމަ، 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

އޭގެ އިތުރުން، ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރި ތަނަކުން ނަގައިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދެއް ނަމަ، އުޅަނދު ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

މި ޤަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގައި އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ އެއްގަމު އުޅަނދު، އެ މައްސަލަ ތަޙުޤީޤުކޮށް ނިމެންދެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ. އަދި މައްސަލަ ތަޙުޤީޤުކޮށް ނިމުމުން، އެ އުޅަނދުގެ ވެރިފަރާތަށް، 15 ދުވަހުގެ ތެރޭގައި އެ އުޅަނދެއް ގެންދިއުމަށް އެންގޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް