ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 10:55
ޗެމްޕިއަން ޝައްފާނަށް ތަށި ހަވާލުކުރާއިރު އަންހެން ޗެމްޕިއަން ދީމާ ކައިރީގައި
ޗެމްޕިއަން ޝައްފާނަށް ތަށި ހަވާލުކުރާއިރު އަންހެން ޗެމްޕިއަން ދީމާ ކައިރީގައި
ރައީސް އޮފީސް
ޓޭބަލް ޓެނިސް
ޤައުމީ ރޭންކިންގެ އެއް ވަނަ ދީމާ އާއި ޝައްފާނަށް
 
ދީމާ އާއި ޝައްފާން ރޭންކިންގެ އެއް ވަނަ ހޯދީ ރޭންކިން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން

ޓޭބަލް ޓެނިސް (ޓީޓީ) ޤައުމީ ރޭންކިންގެ އެއް ވަނަ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި މުޙައްމަދު ޝައްފާން އިސްމާއީލް ހޯދައިފި އެވެ.

ދީމާ އާއި ޝައްފާން ރޭންކިންގެ އެއް ވަނަ ހޯދީ ރޭންކިން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މި ދެ ކުޅުންތެރިންނަކީ ދާދި ފަހުން ނިމުނު ޤައުމީ ޓީޓީ މުބާރާތުގެ ސިންގަލްސް ބައިން ޗެމްޕިއަންކަން ހޯދި ދެ ކުޅުންތެރިންނެވެ. ދީމާ ވަނީ ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައިފަ އެވެ. މީގެ އިތުރުން ދީމާ އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ޤައުމީ ރޭންކިންގެ އެއް ވަނަ ހޯދަމުންނެވެ.

ޤައުމީ ރޭންކިންގެ ފިރިހެން ގަދަ ފަސް ކުޅުންތެރިންނަކީ ޝައްފާންގެ އިތުރުން މުޙައްމަދު ޒީސްތު ނަސީމް، އަޚްޔަރް އަޙުމަދު، އަޙުމަދު ތާބިން ޝުޖާއު އަދި ޒީކް ޙަސަން ލަތީފް އެވެ. ރޭންކިންގެ އެއް ވަނަ ޝައްފާން ހޯދީ 48 ޕޮއިންޓާއެކު އެވެ. ދެ ވަނަ ޒީސްތު އަށް ލިބެނީ 45 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް އަޚްޔަރަށް ލިބެނީ 42 ޕޮއިންޓެވެ. ހަތަރު ވަނައިގައި ތާބިން އަށް 38 ޕޮއިންޓު ލިބޭއިރު، ފަސް ވަނައިގައި ޒީކް އަށް ލިބެނީ 36 ޕޮއިންޓެވެ.

އަންހެން ރޭންކިންގެ ގަދަ ފަސް ކުޅުންތެރިންނަކީ ދީމާގެ އިތުރުން، އައިޝަތު ރަފާ ނާޒިމް، ފާތިމަތު ޖުމާނާ ނިމާލް، މިޝްކާ މުޙައްމަދު އިބްރާހީމް އަދި އާމިނަތު ޝިއުރާ ޝަރީފް އެވެ. ރޭންކިންގެ އެއް ވަނަ ދީމާ ހޯދީ 48 ޕޮއިންޓާއެކު އެވެ. ދެ ވަނަ އަށް ރަފާ ދިޔައީ 45 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި ޖުމާނާ އަށް ލިބެނީ 40 ޕޮއިންޓެވެ. ހަތަރު ވަނައިގައި މިޝްކާ އަށް 38 ޕޮއިންޓު ލިބޭ އިރު، ފަސް ވަނައިގައި ޝިއުރާ އަށް ލިބެނީ 36 ޕޮއިންޓެވެ.

މިފަހުން ރާއްޖޭގެ ޓީޓީ ކުޅުންތެރިން އަންނަނީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވެސް ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް