ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 19:50
ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން
ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން
ރޮއިޓާސް
ސްވިޑްން ނޭޓޯއާ ގުޅެން މަސައްކަތްކުރުން
ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތުގައި ތުރުކީ އިން ކުރަނީ މާބޮޑެތި ޑިމާންޑް: ސްވިޑްން
ސްވިޑްންއަށް ކޮށްދެވެން ނެތް އަދި ކޮށްދޭން ބޭނުންނުވާ ކަންތަކަކީ ވެވިފައިވާ އެއްބަސްވުމުގެ މެމޮރެންޑަމްގެ ބޭރުން ތުރުކީން ކުރަމުންދާ ޑިމާންޑް
ތުރުކީއިން ޑިމާންޑްކުރަމުން އަންނަ ބައެއް ކަންތައްތަކަކީ އެގައުމަށް ކޮށްދެވެން ނެތް އަދި ކޮށްދޭން ބޭނުންނުވާ ކަންތައްތައް ކަމަށް ސްވިޑްންގެ ބޮޑުވަޒީރު ވިދާޅުވި
އެގައުމުން ކުރަން އެއްބަސްވި ކަންތައްތައް ކޮށްފައިވާކަން ތުރުކީއިންވެސް ގަބޫލުކުރާކަމަށް ސްވިޑްންގެ ބޮޑުވަޒީރު ވިދާޅުވި

އެގައުމުން ނޭޓޯއާ ގުޅުމަށް ކުރާމަސައްކަތުގައި އެއްބާރުލުންދިނުމަށް ތުރުކީއިން ކުރަނީ މާބޮޑެތި ޑިމާންޑް ތަކެއްކަމަށް ސްވިޑްން އިން ބުނެފިއެވެ.

ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން ވަނީ އެގައުމުން ނޭޓޯއާ ގުޅުމަށް ތުރުކީގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް ތުރުކީއިން ކުރާ ހުރިހާ ޑިމާންޑަކަށް އެއްބަސްނުވެވޭނެ ކަމަށް ވިދާޅުވެފައެވެ. ބޮޑުވަޒީރު ކްރިސްޓަރސަން މިހެން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުއެވެ.

ސްވިޑްންގެ ބޮޑުވަޒީރު ވަނީ ތުރުކީއިން ކުރާ ޑިމާންޑްތައް ފުއްދުމުގެ މަސައްކަތް ސްވިޑްންއިން ކުރާ ކަން ފާހަގަކުރައްވާ، އެގައުމުން ކުރަން އެއްބަސްވި ކަންތައްތައް ކޮށްފައިވާކަން ތުރުކީއިންވެސް ގަބޫލުކުރާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ތުރުކީއިން ޑިމާންޑްކުރަމުން އަންނަ ބައެއް ކަންތައްތަކަކީ އެގައުމަށް ކޮށްދެވެން ނެތް އަދި ކޮށްދޭން ބޭނުންނުވާ ކަންތައްތައް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ސްވިޑްން އާއި ފިންލޭންޑުން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތުގައި ތުރުކީގެ އެއްބާރުލުން ހޯދުމުގެ ގޮތުން ތިން ގައުމު އެކުގައި އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.

ތުރުކީން ކުރަމުންދާ ޑިމާންޑްތަކުގެ ތެރެއިން ސްވިޑްންއަށް ކޮށްދެވެން ނެތް އަދި ކޮށްދޭން ބޭނުންނުވާ ކަންތަކަކީ ވެވިފައިވާ އެއްބަސްވުމުގެ މެމޮރެންޑަމްގެ ބޭރުން އެގައުމުން ކުރަމުންދާ ޑިމާންޑް ކަމަށް ސްވިޑްންގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް އަރައި ދިން ހަމަލާތަކާއެކު ފެށުނު ހަނގުރާމައާ ގުޅިގެން ފިންލޭންޑް އަދި ސްވިޑްންއިން ވަނީ ނޭޓޯއާ ގުޅުމުގެ މަޝްވަރާތައްކުރަން ފަށާފައެވެ. އެދެގައުމުން ނޭޓޯގެ މެމްބަރުގައުމަކަށް ވުމަށް ހުށަހަޅާފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހުއެވެ.

- ކޮމެންޓް