ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 16:01
އާދިއްތަ ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާގައި ފުލުހުން، އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރަނީ
އާދިއްތަ ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާގައި ފުލުހުން، އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރަނީ
ސޯޝަލްމީޑިއާ
އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރުން
މުޒާހަރާ ތެރެއިން، އުމުރުން ދުވަސްވީ މީހާ ހައްޔަރުކުރި މައްސަލަ ބަލާނެ: ސީޕީ
 
ސީޕީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް އަންހެން މީހާ ގެންދިޔަގޮތް ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެކަން ބަލަމުންދާކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، އާދިއްތަ ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާގައި އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެއްޖެއެވެ.

އެއްވުމުގައި އަންހެން ބައިވެރިންތަކަކާ ދިމާއަށް ދެ ފުލުހަކު ދުވެ އެ ތަނުން އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރުމުގައި އަމަލުކުރި ގޮތް ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަނީ އިހުތިޖާޖުކުރަމުން ދިޔަ އުމުރުން ދުވަސްވީ އަންހެން މީހާ ދުވެފައި ދަނިކޮށް ދެ ފުލުހަކު އޭނާ ހިފަހައްޓާ މަންޒަރެވެ. އަދި އަތުގައި އޮތް ދިދަ އަތުލައެވެ. އަތް ކުޑަ ހުޅާ ހަމައިން ލަންބުވާލުމަށްފަހު އޭނާ ގަދަކަމުން ގެންދާތަންވެސް ފެނެއެވެ.

އަންހެން މީހާ ހައްޔަރުކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިޔާގައި ޕޯސްޓު ކުރަމުން ބައެއް އާންމު ރައްޔިތުން ވަނީ "އެހާ އަނިޔާވެރިވާން ނުވާނެ" ކަމަށް ބުނެފައެވެ. މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ޝުއޫރު ފާޅުކުރައްވާފައިވެއެވެ. އެގޮތުން މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވަނީ "ހެޔޮ ނުވާނެ އެހެން ހަދަން" މިފަދައިން ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާރު ފަހުމީ ވަނީ، ފަހަތުން ދުވެގޮސް، ޝުއޫރުފާޅުކުރާ އުމުރުން ދުވަސްވީ އަންހެން ބޭފުޅުން ހިފާ ހައްޔަރުކުރަންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ، ސިޔާސީ އެއްވުންތަކުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން މީހުން ހައްޔަރުކޮށް އަދި އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކުރުމަކީ ވަރަށް ދެފުށް ދެގޮތްކަން އަންގައިދޭ ހެތްކެއްކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

ފުލުހުންނަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެކަމާގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފުލުހުންގެ ބެލުމުގެދަށަށް އަންހެން މީހާ ގެންދިޔަ ގޮތް ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެކަން ބަލަމުންދާކަމަށެވެ.

ޕީޕީއެމްގެ ވަކީލުންވަނީ، އެ އެއްވުންތަކުގައި ބައިވެރިވާ މީހުން ހައްޔަރުކުރަނީ އެއްވެސް އުސޫލެއް ނެތި "މީހުންތައް ޖަހައިގަނެގެން" ދާފަދަ ގޮތަކަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެމައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި އެޗްއާރުސީއެމްއަށް ހުށަހަޅާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި