Advertisement
ކ. މާލެ
|
7 ޖެނުއަރީ 2023 | ހޮނިހިރު 13:35
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، ހަސަން މުހައްމަދު (ހަސަންޓޭ)
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، ހަސަން މުހައްމަދު (ހަސަންޓޭ)
ރާއްޖެއެމްވީ
ރ. މީދޫގައި ބޭއްވި ކެމްޕޭން ޖަލްސާ
ރައީސް މުޅި ރ. އަތޮޅު ބަދަލުކޮށްލައްވައިފި: ހަސަންޓޭ
މި ސަރުކާރުން ނުކުތީ ބަދަލަށް، އެ ބަދަލު ދައްކައިދީފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މުޅި ރ އަތޮޅުގައި ބަދަލުކޮށްލައްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ރ. މީދޫގައި ބޭއްވި ރައީސްގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހަސަންޓޭ ވިދާޅުވީ، މި ސަރުކާރުން ނުކުތީ ބަދަލަށް ކަމަށާއި އެ ބަދަލު ދައްކައިދީފި ކަމަށެވެ.

އެމްޑީޕީން ނުކުތީ އަތޮޅު ތަރައްގީކުރަންކަން ފާހަގަކުރައްވައި، ހަސަންޓޭ ވިދާޅުވީ، އަތޮޅުގެ މީހުން ބުނާގޮތަށް އެމީހުންގެ މަޝްވަރާގެ މަތިން، ރަށްތަކަށް ތަރައްގީ މި ސަރުކާރުން ގެންނަ ކަމަށެވެ. ކަންކަން ކުރަން ވަގުތު ނަގާނެ ކަމަށާއި، ކެތްތެރިވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

އެމްޑީޕީން ނުކުތީ ސާފުތާހިރު ރީތި ވެރިކަމެއް ކުރަން ކަމަށާއި، އެކަން ކުރަމުންދާ މަންޒަރު ފާއިތުވި އަހަރުތަކުގައާއި މިހާރުވެސް ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

ހަސަންޓޭ އިތުރަށް ވިދާޅުވީ، ރައްޔިތުން އެދޭ ތަރައްގީ ރަށްރަށަށް ގެނެވޭނީ އެ ރައްޔިތުން ވިސްނުމަށްފަހު، މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތާއި އެކަމުގައި ލަފާ ދޭމީހުންގެ ލަފާވެސް ގަބޫލުކޮށްގެން ކަމަށެވެ. ރައްޔިތުންނަށް ބަނދަރު އަޅަނީ ދަތިވާތީ ކަމަށާއި، އެއީ ލިބޭ ވޯޓަކަށް ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނަ ދުވަހު ރ އަތޮޅުން ބޭނުންވަނީ 90 އިންސައްތަ ވޯޓް ނޫންކަމަށާއި 100 އިންސައްތަ ވޯޓްކަމަށް ހަސަންޓޭ ވިދާޅުވިއެވެ. އަދި އަމަލުން، ސާބިތުކަމާއެކު ރައީސް ސާލިހުގެ ފަހަތަށް އެ އަތޮޅުގެ ރައްޔިތުން ނުކުންނެވުމަށް އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް