ރ. އަލިފުށީ ސްކޫލްގައި އަލަށް އިމާރާތްކުރި މަލްޓިޕަރޕަސް ހޯލް ހުޅުވައިފިއެވެ.
ރ. އަލިފުށީ ސްކޫލްގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަލްޓި ޕަރޕަސް ހޯލް ހުޅުއްވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
ރައީސްގެ ދެކަނބަލުން އަލިފުށީ ސްކޫލަށް ވަޑައިގަތުމުން އެ ސްކޫލުގެ ފަރާތުން އެ ދެ ކަނބަލުންނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.
އަލިފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ހޯލް ބައްލަވާލައްވާފައެވެ.