ކ. މާލެ
|
5 ޖެނުއަރީ 2023 | ބުރާސްފަތި 18:31
ރ. އަލިފުށީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ހުޅުވުން
ރ. އަލިފުށީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ހުޅުވުން
ރައީސް އޮފީސް
ތައުލީމީ ނިޒާމް
ސްކޫލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއް ދަންފަޅިއަކަށް ކިޔެވުން ބަދަލު ނުކުރެވުން: މިނިސްޓަރ
 
މިނިސްޓަރ ވިދާޅުވީ ސްކޫލް ދައުރު ފުރިހަމަކުރުމަށްފަހު ނުކުންނަ ދަރިވަރުން ވާންޖެހޭނީ "ފަސްމީރު ކުރިރުކަކަށް" ކަމަށް
 
ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ހިންގަން ޖާގަ ނެތުމުން މިނިސްޓަރ ކަންބޮޑުވުން ފާޅުކުރެއްވި

ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއް ދަންފަޅިއަކަށް ކިޔެވުން ބަދަލުކުރުމުގެ މަސައްކަތް ނުކުރެވި އޮތުންކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ރ. އަލިފުށީ ސްކޫލްގައި އަލަށް ގާއިމްކުރެވުނު މަލްޓި ޕަރޕަސް ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ސްކޫލް ދައުރު ފުރިހަމަކުރުމަށްފަހު ނުކުންނަ ދަރިވަރުން ވާންޖެހޭނީ "ފަސްމީރު ކުރިރުކަކަށް" ކަމަށެވެ. އެކަން ހާސިލްކުރުމަށް އޮތް ގޮންޖެހުމަކީ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުނުކުރެވުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ޖާގައިގެ ދަތިކަން ސްކޫލްތަކަށް ދިމާވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ސްކޫލްތަކުގައި ރަސްމީ ސެޝަންގެ ކިޔެވުމަށްފަހު، ހަށިގަނޑުގެ ތަަރުބިއްޔަަތާއި ސްކޫލްގައި ހިންގާ އިތުުރު ހަރަކާތްތައް ހިންގާނެ ޖާގައެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އަލިފުށީގައި ހުޅުވުނު މަލްޓި ޕަރޕަސް ހޯލުގައި ސްކޫލް ދަރިވަަރުންނަށް އެކިއެކި ކުޅިވަަރު ހަަރަކާތްތަކާއި، ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ބާއްވާ ޖަލްސާތައް ބޭއްވިގެން ދިއުމަކީ ލިބުުނު ހިތްހަމަޖެހުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ސަރުކާރުން އަންނަަނީ ގިނަ، އަަދި މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މި އުންމީދަށް ވާާސިލު ވެވިއްޖެނަމަ ރަސްމީ ގަަޑިއަށްފަހު ދަރިވަރުންގެ ކިބައިގައި އަޚުލާގީ މުހިންމު ސިފަތައް އަށަގެންނުމަށް އޮންނަ ފުރުސަތު ބޮޑުވާނެކަމަަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މަދަރުސާތަކުގެ އުމްރާނީ ތަރައްގީއަށް 1.6 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ދައުރުގެ މިހާތަނަށް މަދަަރުސާތަކުގެ އުމްރާނީ ތަރައްގީއަށްޓަކައި 221 މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލިފުށީ ސްކޫލްގައި ބޭއްވި ޚާއްސަރަސްމިއްޔާތުގައި މަލްޓި ޕާޕަަސް ރޫމް ހުޅުއްވައިދެއްވީ ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ކޮމެންޓް
ގުޅުންހުރި