ކ. މާލެ
|
5 ޖެނުއަރީ 2023 | ބުރާސްފަތި 18:18
އަމީނީ މަގު
އަމީނީ މަގު
އިދުހާމް ނަޢީމް
އަމީނީ މަގުގެ މަސައްކަތް
އަމީނީ މަގު ސެގްމެންޓް 2ގައި، ތާރު އެޅުން ފިޔަވައި އެހެން މަސައްކަތްތަކުގެ %95 ނިމިއްޖެ
 
ތާރު އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށާފައިވަނީ 12 ސެޕްޓެމްބަރު 2022ގައި
 
މި މަޝްރޫއުގެ ދަށުން، އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައި

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ މަސައްކަތުގެ ސެގްމެންޓް 2ގައި, ތާރު އެޅުން ފިޔަވައި އެހެން މަސައްކަތްތަކުގެ %95 ވަނީ ނިމިފައި ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އާރްޑީސީން ބުނީ، އަމީނީ މަގު ސެގްމަންޓް 3ގެ ފެނާއި ނަރުދަމާ އަޕްގްރޭޑް ކުރުމާއި ކޭބަލް ޓްރޭ އެޅުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ. އާރްޑީސީން ބުނީ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތުގެ ދަށުން، އެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އަދި އެއީ އެންމެ ކުރިން ފެށިގެން އެ މަސައްކަތް ކުރުމަށް ޕްލޭންކޮށްފައިވާ ގޮތް ކަމަށް އާރްޑީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑެތި ބަދަލުތަކާއެކު މި މަސަައްކަތް ކުރިއަށްގެންދާއިރު، މިހާތަނަށް ވަނީ ޓޮޕޯ ގްރެފިކް ސަރވޭއާއި ޖިއޯޓެކްނިކަލް ސަރވޭއާއި ހައިޑްރޮޖިކަލް ސަރވޭގެ އިތުރުން އީއައިއޭ ހަދާފައެވެ.

އާރްޑީސީން ބުނީ އަމީނީ މަގަކީ ބޮޑު އަދި ކާރޫބާރޫ ބޮޑު މަގަކަށްވާތީ، އެ މަގު ހަދާއިރު ކުދި ސެގްމަންޓްތަކުގެ މަސައްކަތް ނިންމުމަށްފަހު ތާރު އެޅުމުގެ މަސައްކަތް ކުރާނަމަ އެކަމުގެ ސަބަބުން އާއްމުންނަށްވެސް އޭގެ ސަބަބުން ދަތިތަކާ ދިމާނުވާނެ ކަމަށެވެ. އެ ކުންފުނިން މީގެ ކުރިން ބުނީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ ބޮޑުތަކުރުފާނުމަގާ އަމީނީމަގާ ދިމާވާ ހިސާބުން ފެށިގެން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް މަސައްކަތްތައް ނިމުމުން ކަމަށެވެ. އެހެންކަމުން ސެގްމަންޓުތަކުގެ މަސައްކަތްތަކުގެ ތެރެއިން، ތާރު އެޅުން ފިޔަވައި އެހެނިހެން މަސައްކަތްތައް ނިމެމުންދާ ވަރަކަށް އެ ސެގްމަންޓުތައް އުޅަނދުތަކަށް ހުޅުވާލަމުން ދާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މީގެ އިތުރުން އަމީނީ މަގުގެ ސެގްމަންޓުތަކުގެ މަސައްކަތް ނިންމައި އުޅަނދުތަކަށް ދުއްވޭގޮތަށް ހުޅުވާލަނީ ތާރު އެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލައި އިންސްޕެކްޓް ކުރުމަށްފަހު ކަމަށްވެސް އާރްޑީސީން ވަނީ ބުނެފައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށާފައިވަނީ 12 ސެޕްޓެމްބަރު 2022ގައެވެ. އެ މަގުގައި ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެވެސް މައި ހޮޅިތައް ވަޅުލާފައި ހުރުމަކީ މަގު ހެދުމުގެ މަސައްކަތަށް އޮތް ދައްޗެއް ކަަމަށްވެސް އާރުޑީސީން ފާހަގަކުރިއެވެ. އެގޮތުން، މަގުގެ ފެން ފަށަލަ ތިލަވުމާއި، މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯރކްތަކާ ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާއި މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް އެ ކުންފުނީގެ ފަރާތުން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް