ކ. މާލެ
|
10 ޑިސެންބަރ 2023 | އާދީއްތަ 07:03
އާރުޓީއެލް ބަހެއް
އާރުޓީއެލް ބަހެއް
އެމްޓީސީސީ
އެމްޓީސީސީ
އަމީނީ މަގުގެ ބައެއް ބަންދު ކުރުމުން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި
 
އަމީނީ ރޫޓުގެ ދަތުރުތައް އަމީނީ މަގުން ގޮސް ހަނދުވަރީ ހިނގުމުން އެޅުމަށްފަހު މަޖީދީ މަގަށް އަޅައިގެން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައި
 
އޯކިޑު ރޫޓުގެ ދަތުރުތައް މަޖީދީމަގުން ގޮސް ވެސްޓް ޕާކު ސްޓޮފުން އަނބުރާލާގޮތަށް ވަނީ ބަދަލުކޮށްފައި

އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން އެމްޓީސީސީން ދެމުން އަންނަ ބަހުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފިއެވެ.

އަމީނީ މަގުގެ ނުނިމި އޮތް ދެ ސެގްމަންޓުގެ މަސައްކަތް ނިންމަން އެ ސަރަހައްދު ބަންދު ކުރީ ހުކުރު ދުވަހުގެ ރެއިން ފެށިގެންނެވެ. އެ ދެ ސެގްމަންޓުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ ފަށައިފައެވެ. މި މަސައްކަތަށް ބަންދުކޮށްފައިވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ އެމްޓީސީސީގެ އާރުޓީއެލް ބަހުގެ ދަތުރުތަކުގައި މުހިންމު ސަރަހައްދެކެވެ،

އެމްޓީސީސީންވަނީ ކުރިން ހުޅުމާލެ އާއި މާލެއާ ދެމެދުގެ ދަތުރުތައް، ދަރުމަވަންތަ ހޮސްޕިޓަލް ސަރަޙައްދާއި ވެސްޓް ޕާކު ބަސް ސްޓޮޕަށް ކުރި ނަމަވެސް މިހާރު އެ ދަތުރުތަކުގެ ފަހު ސްޓޮޕަކީ މާލޭ މާފަންނު ބަސް ޓާމިނަލް ކަމުގައި ވަނީ ހަމަޖައްސާފައެވެ. އަދި "އާރު 11" (އަމީނީ ރޫޓު) ގެ ދަތުރުތައް އަމީނީ މަގުން ގޮސް ހަނދުވަރީ ހިނގުމުން އެޅުމަށްފަހު މަޖީދީ މަގަށް އަޅައިގެން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން "އާރު 10" ކަމުގައިވާ އޯކިޑު ރޫޓުގެ ދަތުރުތައް މަޖީދީމަގުން ގޮސް ވެސްޓް ޕާކު ސްޓޮފުން އަނބުރާލާގޮތަށް ބަސް ރޫޓުތަކަށް ބަދަލުގެނެސްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި