Advertisement
ކ. މާލެ
|
3 ޖެނުއަރީ 2023 | އަންގާރަ 07:24
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
މާލޭގެ ފަޅުތެރެއަށް ކަޅުތެޔޮ އެޅުން
ފަޅުތެރެއަށް އެޅުނު ކަޅުތެލުގެ 700 ލީޓަރު ނަގައިފި
އެމްއެންޑީއެފުން ލަފާ ކުރާ ގޮތުގައި ފަޅުތެރެއަށް ވަނީ 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައި

އިއްޒުއްދީން ފާލަމާ 3 ނަންބަރު ޖެޓީއާ ދެމެދަށް ކަޅުތެޔޮ އެޅުމާ ގުޅިގެން، ތެޔޮ ނަގައި ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް 700 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ އިދާރާ އިން ބުނީ ރަސްމީ ފާލަން ސަރަޙައްދުގެ ފަޅުތެރެއަށް އެޅިފައިވާ ތެޔޮ މާރުކޭޓު ސަރަހައްދާ ހަމައަށް ފެތުރިފައިވާ ކަމަށެވެ. ތެޔޮ ނަގައި އެއްކޮށް ކޮންޓްރޯލު ކުރުމަށްޓަކައި އާދިއްތަ ދުވަހުގެ ރޭ ވެސް އަދި ހޯމަ ދުވަހުވެސް ވަނީ މަސައްކަތް ކޮށްފައެވެ.

އެމްއެންޑީއެފުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދަށް ވަނީ 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައެވެ.

Advertisement

އެމްއެންޑީއެފުން ބުނީ އެމްޕީއެލް ސަރަހައްދަށް ފެތުރިފައިވާ ތެޔޮ މިހާރު ނަގައި، ކޮންޓްރޯލްކޮށްފައި ވާކަމަށެވެ. އަދި ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސީޖީ ހަލަވެލި ބޭނުންކޮށްގެން ރަސްމީ ފާލަމާއި އެ ސަރަހައްދުގެ ބޭރުން، ބޫމް އަޅާފައިވާ ކަމަށެވެ.

ތެޔޮ ސާފުކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި، މާލެ އޭރިއާ މެރީންސްއާއި، މެރިން ޕޮލިސްގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވަނީ އެ ސަރަހައްދަށް ތެޔޮއެޅިފައިވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާކަމުގެ މައުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމް.އާރް.ސީ.ސީއަށް ލިބިފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 09:10 އެހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް