ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 19:16
ރަސްމީ ފާލަން ސަރަޙައްދަށް ތެޔޮ އެޅުން
ރަސްމީ ފާލަން ސަރަޙައްދަށް ތެޔޮ އެޅުން
ރާއްޖެއެމްވީ
ރަސްމީ ފާލަން ސަރަޙައްދަށް ތެޔޮ އެޅުން
ރަސްމީ ފާލަން ސަރަޙައްދަށް ތެޔޮ އެޅުން: 400 ލީޓަރު ނަގައިފި، ތެޔޮ ނެގުމުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށް
އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ އާދިއްތަ ދުވަހު ހެނދުނު
ތެޔޮ ސާފުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން

އިއްޒުއްދީން ފާލަމާ 3 ނަންބަރު ޖެޓީއާ ދެމެދަށް ކަޅުތެޔޮތަކެއް އެޅުމާ ގުޅިގެން، ތެޔޮ ނަގައި ސާފުކުރުމުގެ މަސައްކަތް އާދިއްތަ ދުވަހުން ފެށިގެން މެދު ނުކެނޑި ކުރިއަށްގެންދާ ކަަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރަސްމީ ފާލަން ސަރަޙައްދުގެ ފަޅުތެރެއަށް އެޅިފައިވާ ތެޔޮ މާރުކޭޓު ސަރަހައްދާ ހަމައަށް ފެތުރިފައިވާ ކަމަށެވެ.  ތެޔޮ ނަގައި އެއްކޮށް ކޮންޓްރޯލް ކުރުމަށްޓަކާ އާދިއްތަ ދުވަހުގެ ރޭ ވެސް އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ ރަސްމީ ފާލަމާ ދިމާ ފަޅުތެރެއަށް އެޅިފައިވަނީ 1000 ލީޓަރުގެ ތެޔޮކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހޯމަ ދުވަހުގެ މެންދުރާއި ހަމައަށް މިސަރަހައްދުން މިހާތަނަށް 400 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެމްޕީއެލް ސަރަހައްދަށް ފެތުރިފައިވާ ތެޔޮ މިހާރު ނަގައި، ކޮންޓްރޯލްކޮށްފައި ވާކަމަށެވެ. އަދި ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސީޖީ ހަލަވެލި ބޭނުންކޮށްގެން ރަސްމީ ފާލަމާއި އެ ސަރަހައްދުގެ ބޭރުން، ބޫމް އަޅާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޢިއްޒުއްދީން ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ފަޅުތެރެއިން ގިނަ ޢަދަދެއްގެ ކަޅުތެޔޮ ފެނުމާ ގުޅިގެން، އެ ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނީ ބޫމިންގ ބޭނުންކޮށްގެންކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

Advertisement

ތެޔޮ ސާފުކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި، މާލެ އޭރިއާ މެރީންސްއާއި، މެރިން ޕޮލިސްގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި، މާލެ އޭރިއާ މެރީންސްއާއި، މެރިން ޕޮލިސްގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވަނީ މިސަރަހައްދަށް ތެޔޮއެޅިފައިވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާކަމުގެ މައުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމް.އާރް.ސީ.ސީއަށް ލިބިފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 09:10 އެހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް