ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 18:45
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސް އޮފީސް
ތިލަމާލެ ބްރިޖުގެ މަސައްކަތް
ތިލަމާލެ ބްރިޖުގެ ކޮލިޓީއާމެދު ސުވާލެއް ނެތް: ރައީސް ސާލިހް
މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެއް
ތިލަމާލެ ބްރިޖުގެ ކޮލިޓީ ކޮންޓްރޯލްގެ މަސައްކަތް ކުރަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ކޮލިޓީ ކޮންޓްރޯލްގެ މަސައްކަތްކުރި ކުންފުނިން

މާލެއާއި ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލުމަށް ގާއިމްކުރާ ތިލަމާލެ- ބްރިޖުގެ ކޮލިޓީއާމެދު ސުވާލު ނުއުފެދޭކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ ކޮލިޓީ އެޝުއަރެންސްގެ މަސައްކަތް ބަރާބަރަަށް ކުރިއަށްދާކަމަށެވެ. އެ މަސައްކަތް ކުރަމުން ދަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ކޮލިޓީ ކޮންޓްރޯލްގެ މަސައްކަތްކުރި ކުންފުނިން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން، އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް ވިލިމާލެއަށް ދަތުރުކުރެވޭ ގޮތް ހެދުމަށް ކުރިން ވިސްނުން ގެންގުޅުނުނަމަވެސް މި ވަގުތު އެ މަސައްކަތް ކުރަމުން ނުދާކަމަށެވެ.

އެހެންނަމަވެސް މި ބްރިޖުގެ މަސައްކަތް ނިންމަން ދީފައިވާ ޓައިމްލައިނާ އެއްގޮތަށް ބްރިޖުގެ މަސައްކަތް ނިމޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބްރިޖުގެ ފުރަތަމަ ފޭސްގައި ހިމެނެނީ މާލެއިން ފެށިގެން ގުޅީފަޅާ ހިސާބަށް މަަސައްކަތް ނިންމުން ކަމަށާއި، އެ މަސައްކަތް ނިންމަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެެ. އޭގެ ފަހުން މެއި 2024ށް ބްރިޖު ތިލަފުއްޓާ ގުޅާލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް