ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 15:28
ބޫޓާނާ ދެކޮޅަށް ރާއްޖެއިން ކުޅުނު ކުޑަކާއްޓޭއާއި އެޑަމް
ބޫޓާނާ ދެކޮޅަށް ރާއްޖެއިން ކުޅުނު ކުޑަކާއްޓޭއާއި އެޑަމް
ވީއޭއެމް
ސެންޓްރަލް އޭޝިއާ ބީޗް މުބާރާތް
ސެމީގައި ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ ކުޑަކާއްޓޭއާއި އެޑަމް ފައިނަލަށް
މުބާރާތުގެ ފައިނަލްގައި ރާއްޖެއިން ވާދަކުރާނީ ނޭޕާލާ

ސެންޓްރަލް އޭޝިއަން ބީޗް ވޮލީ ބޯޅަ މުބާރާތުގެ ފައިނަލުން ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ)އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއަރ ޖާގަ ހޯދައިފިއެވެ.

ބަންގްލަދޭޝްގެ ކޮކް ބަޒާރުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުން ކުޑަކާއްޓޭއާއި އެޑަމް ޖާގަ ހޯދީ ސެމީ ފައިނަލްގައި ބަންގްލަދޭޝްގެ ޕެއަރ ބަލިކޮށްގެންނެވެ. ރާއްޖޭގެ ޕެއަރއިން ސެމީއަށް ދަތުރުކުރީ ގްރޫޕްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ.

ސެމީ ފައިނަލް މެޗު ރާއްޖެއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ދެ ސެޓުވެސް ރާއްޖެއިން ކާމިޔާބުކުރީ 22-20ންނެވެ.

މުބާރާތުގެ ފައިނަލްގައި ރާއްޖެއިން ވާދަކުރާނީ ނޭޕާލާއެވެ.

- ކޮމެންޓް