ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 07:06
ކަސްޓަމްސް އިން މީގެކުރިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް އިން މީގެކުރިން އަތުލައިގަތް މަސްތުވާތަކެތި
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
ވައިގެ މަގުން އެތެރެކުރަން އުޅުނު 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮކެއިން އަތުލައިގަނެފި
ޑިސެމްބަރ 24 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 59 އަހަރުގެ ސްވިޒަލެންޑްގެ ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އެމީހާ އާ މެދު ޝައްކުކުރެވިގެން ބަލާފާސްކުރި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 7،700،000 (ހަތް މިލިއަން ހަތް ލައްކަ) ރުފިޔާއަށް އަރާ

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮކެއިން ކަސްޓަމަސް އިން އަތުލައިގަނެފިއެވެ.

އެކަމާއި ގުޅިގެން ކަސްޓަމަސް އިން ބުނީ ޑިސެމްބަރ 24 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 59 އަހަރުގެ ސްވިޒަލެންޑްގެ ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އެމީހާއާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖް ކަސްޓަމަސް ބަލާ ފާސްކުރިކަމަށެވެ. ފާސްކުރިއިރު އޭނާގެ ލަގެޖްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ.

ފުރަތަމަ މަރުހަލާގައި މިތަކެތި ޓެސްޓްކުރި މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމަސް އިން ބުނެއެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.198 ކިލޯގްރާމް ހުރިއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 7،700،000 (ހަތް މިލިއަން ހަތް ލައްކަ) ރުފިޔާއަށް އަރައެވެ.

މިމައްސަލައިގައި ޝާމިލުވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކުރެވިފައިކަމަށް ކަސްޓަމަސްއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް