ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 07:03
ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މީގެކުރިން އަތުލައިގަތް މަސްތުވާތަކެތި
ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މީގެކުރިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
ޕޯސްޓުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބުރަދަނުގައި ޕެކިނާއެކު ޖުމްލަ 1.010 ކިލޯގްރާމް ހުރި
މިތަކެތީގެ މަގުމަތީގެ އަގު 2،500،000 (ދެ މިލިއަން ފަސް ލައްކަ) ރުފިޔާއަށް އަރާ

ޕޯސްޓުގެ ޒަރީޢާއިން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ދެމިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ކަސްޓަމަސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބުރަދަނުގައި ޕެކިނާއެކު ޖުމްލަ 1.010 ކިލޯގްރާމް ހުރިކަމަށެވެ. އަދި މިތަކެތީގެ މަގުމަތީގެ އަގު 2،500،000 (ދެ މިލިއަން ފަސް ލައްކަ) ރުފިޔާއަށް އަރާކަމަށެވެ.

އެކަމާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ ނޮވެމްބަރ 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ބެލްޖިއަމުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތަކެއް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ. އެގޮތުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ދެ ޕެކެޓް ފެނިގެން ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަހުލީލުކުރިއިރު އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެފެޑްރޯން އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މިމައްސަލައިގައި ޝާމިލުވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް