ކ. މާލެ
|
26 ޑިސެންބަރ 2022 | ހޯމަ 21:44
ފިލިޕީންސްގައި ފެން ބޮޑުވުން
ފިލިޕީންސްގައި ފެން ބޮޑުވުން
ވަޔަން
ފިލިޕީންސްގައި ފެން ބޮޑުވުން
ފިލިޕީންސަށް ބޯކޮށް ވާރޭވެހި، ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ
ބޮޑެތި ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން 46،000 މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވޭ

ފިލިޕީންސަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވުމުގެ ސަބަބުން 46،000 މީހުން ގެދޮރު ދޫކޮށް އެހެން ތަންތަނަށް ބަދަލުވާން މަޖުބޫރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. ފެން ބޮޑުވުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި 11 މީހުން މަރުވެފައިވާއިރު، 19 މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ. މޫސުމީ ވިއްސާރާގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، އެގައުމުގެ އިރުމައްޗާއި ދެކުނުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެން ބޮޑުވެފައެވެ. ކޯރުތައް ފުރި ބަންޑުން ވަމުން ދިއުމާއެކު ބައެއްއަވަށްތައް ފެނުއަޑިއަށް ގޮސް، ހައިވޭތަކުގައިވެސް ވަނީ ދަތުރު ނުކުރެވޭ ވަރަށް ފެންބޮޑުވެފައި ކަމަށް، ޕްރޮވިންސް ތަކުގެ ގަވަނަރުންނާއި އެހެނިހެން އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ. އެންމެ ބޮޑަށް ފެންބޮޑުވި އެއް ޕްރޮވިންސް ކަމަށްވާ އޮރޮކުއެޓާގައި 72،000 މީހުންގެ އާބާދީއެއް އޮންނައިރު، އެތަނުގެ މައި މާރުކޭޓްގައި ފެންބޮޑުވެ ކަރަންޓު ކެނޑިފައިވާކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ފޯނުގެ ސިގްނަލްވެސް ވަނީ ކެނޑިފައިކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

އާދީއްތަ ދުވަހު ބައެއް ހިސާބުތަކުގައި މޭކަށިގަނޑާ ހަމައަށް ފެންގަނޑު ހެދިފައި އޮތްނަމަވެސް، ހޯމަ ދުވަހު ފެންގަނޑު ހިނދެން ފަށާފައިވާކަމަށް ވެއެވެ. ފެންބޮޑުވުމުގެ ސަބަބުން އެއް ސިޓީއަކުން އެކަނިވެސް 33،000 މީހުން ގެދޮރު ދޫކޮށްދާން މަޖުބޫރުވި ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް