ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 23:15
އެމެރިކާ ސިފައިން - އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ތަމްރީން ތަކުގައި އެމެރިކާގެ އަސްކަރީ އޮފިސަރުންގެ އިތުރުން ފިލިފީންސްގެ ސިފައިން ބައިވެރިވެފައިވޭ
އެމެރިކާ ސިފައިން - އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ތަމްރީން ތަކުގައި އެމެރިކާގެ އަސްކަރީ އޮފިސަރުންގެ އިތުރުން ފިލިފީންސްގެ ސިފައިން ބައިވެރިވެފައިވޭ
ރޮއިޓާސް
ފިލިޕީންސް އަށް އެމެރިކާ އިން މިސައިލް ފޮނުވުން
ފިލިޕީންސް އަށް އެމެރިކާ އިން މިސައިލް ފޮނުވުމަކީ ހަނގުރާމައެއްގެ ރިސްކު ބޮޑުވުން: ޗައިނާ
ޗައިނާ އިން މިކަން ވަރަށް ގާތުން ބަލަމުން ސާބިތު ކަމާއެކު އޮތް ކަމަށާއި މި ކަމަށް އެ ގައުމުން ދެކޮޅު ހަދާ ކަމަށް ބުނެފައިވޭ
މި ބާވަތުގެ މިސައިލް އިންޑޯ ޕެސިފިކް ސަރަހައްދަށް ގެނެވުނު މިއީ ފުރަތަމަ ފަހަރު

އެމެރިކާއިން ފިލިޕީންސް އަށް މެދު ރާސްތާގެ މިސައިލް ފޮނުވުމުން އެކަން ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށް ޗައިނާ އިން ބުރާސްފަތި ދުވަހު ބުނެފިއެވެ.

ޗައިނާގެ ދިފާއީ ވުޒާރާއިން ބުނީ މިއީ ސަރަހައްދުގައި ހަނގުރާމައެއްގެ ރިސްކް އިންތިހާ އަށް ބޮޑުވެގެން ދިޔަ ކަމެއް ކަމުގައެވެ.

ބުރާސްފަތި ދުވަހު ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ވޫ ގިއަން ހާމަ ކުރި ގޮތުގައި ޗައިނާ އިން މިކަން ވަރަށް ގާތުން ބަލަމުން ސާބިތު ކަމާއެކު އޮތް ކަމަށާއި މި ކަމަށް އެ ގައުމުން ދެކޮޅު ހަދާކަމަށެވެ. އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި މި ބާވަތުގެ މިސައިލް އިންޑޯ ޕެސިފިކް ސަރަހައްދަށް ގެނެވުނު މިއީ ފުރަތަމަ ފަހަރެވެ.

އެމެރިކާއިން ވަނީ ހުސްވި މަހު ފިލިފީންސް އަށް ޓައިފަން މިސައިލް ސިސްޓަމް ގެންދިޔަ ކަމަށް ބުނެފައެވެ. އެއީ ފިލިފީންސް އާ އެމެރިކާ އާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ޑްރިލް އަކަށް ގެންދިޔަ ސިސްޓަމެއް ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

ފިލިޕީންސްގެ އަސްކަރީ އޮފިޝަލުންވެސް އެ ނިޒާމް ފިލިޕީންސް އަށް ގެނައިކަން ކަށަވަރުކޮށްދީފައިވެއެވެ.

ފިލިފީންސް އަށް އެމެރިކާއިން ގެނައި މިސައިލް ނިޒާމް އަސްކަރީ ތަމްރީން ތަކަށް ފަހު ފިލިފީންސްގައި ބެހެއްޓީ ކަމެއް ނުވަތަ އެހެން ތަނަކަށް ގެންދިޔައީ ކަމެއް އެއްވެސް ފަރާތަކުން ސާފުކޮށްދީފައެއް ނުވެއެވެ.

އެމެރިކާ އާއި ފިލިޕީންސް ގުޅިގެން އޭޕްރީލް މަހުގެ ތެރޭގައި ހެދި ތަމްރީން ތަކުގައި މި މިސައިން ނިޒާމް ބޭނުން ކޮށްފައެއް ނުވެއެވެ.

އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ތަމްރީން ތަކުގައި އެމެރިކާގެ އަސްކަރީ އޮފިސަރުންގެ އިތުރުން ފިލިފީންސްގެ 16،000 ސިފައިން ބައިވެރިވެފައި ވެއެވެ. މި ތަމްރީންތައް ބޭއްވުނު ދުވަސްވަރު ވެސް ޗައިނާ އިން ތަމްރީން ތަކާ މެދު ނުރުހުން ފާޅު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް