ކ. މާލެ
|
25 ޑިސެންބަރ 2022 | އާދީއްތަ 11:50
ދިވެހި ފަންނުވެރިންގެ އުފެއްދުންތައް، ޖަޕާން އެކްސްޓާރނަލް ޓްރޭޑް ކޯޕަރޭޝަން އާއި ގުޅިގެން ޖަޕާންގެ މާރކެޓަށް ތައާރަފްކޮށްފައި
ދިވެހި ފަންނުވެރިންގެ އުފެއްދުންތައް، ޖަޕާން އެކްސްޓާރނަލް ޓްރޭޑް ކޯޕަރޭޝަން އާއި ގުޅިގެން ޖަޕާންގެ މާރކެޓަށް ތައާރަފްކޮށްފައި
އިކޮނޮމިކް މިނިސްޓްރީ
ދިވެހި އުފެއްދުންތައް ޖަޕާނު މާކެޓަށް
ދިވެހި އުފެއްދުންތައް ޖަޕާނު މާކެޓަށް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފި
ޖަޕާނުގެ އެއަރޕޯޓުތަކުގައި ހުންނަ އައުޓްލެޓްތަކުގައި ދިވެހި އުފެއްދުންތައް ހުންނާނެ

"އޯތެންޓިކް މޯލްޑިވްސް" ބްރޭންޑްގެ ދަށުން ވިއްކާ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް، ޖަޕާން އެކްސްޓާރނަލް ޓްރޭޑް ކޯޕަރޭޝަން އާއި ގުޅިގެން ޖަޕާންގެ މާކެޓަށް ތައާރަފުކޮށްފިއެވެ.

ދިވެހި އުފެއްދުންތައް ޖަޕާން މާކެޓަށް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފައި މިވަނީ ޖަޕާން އެކްސްޓާރނަލް ޓްރޭޑް އޯގަނައިޒޭޝަންއިން ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ވިޔަފާރި އުފެއްދުންތައް ޖަޕާނުގެ މާކެޓްތަކަށް ތައާރަފުކުރުމަށްޓަކައި ކުރިޔަށްގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގެ ދަށުންނެވެ.

މި ޕްރޮގްރާމަކީ ޖަޕާނުގެ އެއަރޕޯޓުތަކުގައި ހުންނަ އައުޓްލެޓްތަކުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ގައުމުތަކުގެ ޕްރޮޑަކްޓްތައް ޑިސްޕްލޭކޮށް، އަދި ޒިޔާރަތް ކުރާ ފަރާތްތަކަށް ގަނެވޭނެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މިގޮތުން ދިވެހި އުފެއްދުންތައް ޖަޕާންގެ ނަރީޓާ އެއަރޕޯޓުންނާއި އަދި ކަންސައި އެއަރޕޯޓުން މިހާރު ލިބެން ހުންނާނެއެވެ.

އަދި މީގެ އިތުރުންވެސް ޖަޕާންގެ އެކި ސަރަހައްދުތަކުގައި ޖެޓްރޯއިން އިންތިޒާމްކޮށްގެން ބާއްވާ ސޭލްސް އިވެންޓުތަކުގައިވެސް އޯތެންޓިކް މޯލްޑިވްސް ބްރޭންޑްގެ ދަށުން ވިއްކާ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ޑިސްޕްލޭ ކުރެވި ލިބެން ހުންނާނެއެވެ. އަދި ކުރިޔަށް އޮތް ތަނުގައި މި ޕްރޮގްރާމްގެ ދަށުން ޖަޕާން މާކެޓްގައި ލިބެން ހުންނަ ދިވެހި އުފެއްދުންތަކުގެ އަދަދު އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖަޕާން އެކްޓާނަލް ޓްރޭޑް އޯގަނިޒޭޝަންއިން ކުރިޔަށްގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފުކުރުމަށްޓަކައި ޖަޕާނުގައިވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސާބިރުއާއި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ އިތުރުން ޖެޓްރޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ދިވެހި އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފުކުރުމަށް ކުރެވުނު މަސައްކަތުގައި، ޖަޕާންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދީފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް