Advertisement
ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 15:12
ރައީސް ޞާލިހު ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ
ރައީސް ޞާލިހު ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން
ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ދެއްވީ ރައްޔިތުންގެ ސުވާލުތަކަށް ސާފު ޖަވާބު
ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް ރަށްރަށަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުން
ނިލަންދޫ ރައްޔިތުން ދެންނެވި ކަންކަމުގެ ތެރޭގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދިނުމާއި، ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިކަމާއި، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހިމެނޭ
ރައްޔިތުންގެ ހުށަހެޅި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގއ. ނިލަންދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވައިފިއެވެ.

ނިލަންދޫ ރައްޔިތުންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވާ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާފައިވަނީ ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހޮނިހިރު ދުވަހުގެ މެންދުރު ކުރީ ނިލަންދޫ އައު އިންޖީނުގޭ ސަރަޙައްދުގައި ބޭއްވި އެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް ރަށްރަށަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުން ކަމަށް ވިދާޅުވެފައެވެ.

Advertisement

ނިލަންދޫ ރައްޔިތުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މިގޮތުން ނިލަންދޫ ރައްޔިތުން ދެންނެވި ކަންކަމުގެ ތެރޭގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދިނުމާއި، ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިކަމާއި، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން ވެސް ތަޢުލީމީ ދާއިރާގެ ކަންކަމާއި ޞިއްޙީ ދާއިރާއިން ރައްޔިތުން ބޭނުންވާ ކަންކަން ނިލަންދޫ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ނިލަންދޫ ރައްޔިތުން ފާހަގަކުރި ގިނަ ކަންކަމުގެ ފަހުގެ މަޢުލޫމާތު ދެއްވައި ރައްޔިތުން ޙިއްޞާކުރެއްވި ބައެއް ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދޫއަށް މިކުރައްވާ ދަތުރުފުޅަކީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް