ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 22:57
ކަނޑުމަތީގެ ހާދިސާ އެއް
ކަނޑުމަތީގެ ހާދިސާ އެއް
ޓްވިޓަރ
ފުލުހުންގެ ތަފާސްހިސާބުތައް
2020ން 2022ގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ކަނޑުމަތީގެ ހާދިސާތަކުގައި 85 މީހަކު ނިޔާވެފައިވޭ
2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 23ގެ ނިޔަލަށް، މުޅި ރާއްޖޭގައި ކަނޑުމަތީގައި 2028 ހާދިސާ ހިނގާފައިވޭ

2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 23ގެ ނިޔަލަށް, ހިނގާފައިވާ ކަނޑުމަތީގެ ހާދިސާތަކުގައި (ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން) ޖުމްލަ 85 މީހަކު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުރާސްފަތި ދުވަހު ބުނީ، ކަނޑުމަތީގެ ހާދިސާތަކުގެ ތަފާސްހިސާބަށް ބަލާއިރު 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 23ގެ ނިޔަލަށް، މުޅި ރާއްޖޭގައި ކަނޑުމަތީގައި 2028 ހާދިސާ ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ 2020 ވަނަ އަހަރު 724 ހާދިސާ، 2021 ވަނަ އަހަރު 689 ހާދިސާ އަދި މި އަހަރު 615 ހާދިސާ ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ޖުމްލަ 85 މީހަކު ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކަނޑުމަތީގައި ހިނގާފައިވާ ހާދިސާތަކުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންވެސް ހިމެނެއެވެ.

ފުލުހުން ވަނީ މި ހާދިސާތައް ތަހުގީގުކުރުމުގެ ތެރެއިންވެސް ބަލަންވާވަރަށް ނުބަލައި، ނުވަތަ ނޭނގިނަމަވެސް ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތައް މަދުނޫންކަން ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. އެގޮތުން ކަނޑުގަދަވެ ވިއްސާރަވުމާ ގުޅިގެން ކަނޑުދަތުުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވަނިކޮށް ފުރި ދަތުރުތަކުގައި ހިނގާފައިވާ ހާދިސާތައް ގިނަކަން ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން ވަނީ ދަތުރަށް ފުރުމުގެ ކުރިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު''ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް