Advertisement
ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 07:07
ބޮސްނިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުން
ބޮސްނިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުން
ފޮރިން މިނިސްޓްރީ
ބޮސްނިއާގެ ފޮރިން މިނިސްޓަރު
މިނިސްޓަރު ޝާހިދު ބޮސްނިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި
މިއީ އެގައުމާއެކު ސިޔާސީ ގުޅުން ގާއިމްކުރިފަހުން މަތީ ފަންތީގެ މަންދޫބެއް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ބިސޭރާ ޓުރްކޮވިޗްއާ ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެ މިނިސްޓަރުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ވިޔަފާރީގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ.

Advertisement

މިއީ 27 ޖެނުއަރީ 1997 ގައި ބޮސްނިއާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިފަހުން އެގައުމުގެ މަތީ ފަންތީގެ މަންދޫބަކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ޓުރްކޮވިޗްގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށްވެސް ވަނީ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް