ކ. މާލެ
|
14 ޑިސެންބަރ 2022 | ބުދަ 07:09
އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީ
މޯލްޑިވްސް ލޭމްޕް
ދިވެހި ބަހުން ރިފަރެންސް ފޮތް ލިޔުމަށް އިތުރު 4 ފަރާތަކާ ހަވާލުކޮށްފި
މިއީ "މޯލްޑިވްސް ލޭމްޕް" ގެ ދަށުން ކުރާ މަސައްކަތެއް

ދިވެހި ބަހުން ހިންގާ މުދައްރިސުން ތަމްރީންކުރާ ކޯސްތަކުގައި ބޭނުންކުރުމަށް ދިވެހިބަހުން ރިފަރެންސް ފޮތް ލިޔުމުގެ މަސައްކަތްކުރުމަށް އިތުރު 4 ފަރާތަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހު އެ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން އެ މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޑރ. ހައްވާ ނީނާ އަލީ އާއި އިބްރާހީމް އާދަމް އާއި ހަމީޒާ އާދަމް އަދި އަޙުމަދު ހާޝިމްއާއެވެ.

މި ހަތަރު ބޭފުޅުންގެ އިތުރުންވެސް، އިތުރު އަށް ބޭފުޅަކާއި މީގެކުރިން މި މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

މިއީ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" ގެ ދަށުން ކުރާ މަސައްކަތެކެވެ. މޯލްޑިވްސް ލޭމްޕްގެ ދަށުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މުދައްރިސުން ތަމްރީންކުރާ ކޯސްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ލޭމްޕް އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީޕީއީ) ގެ ހިލޭ އެހީގެ ދަށުން ފަށާފައިވާ ޕްރޮޖެކްޓެކެވެ.

- ކޮމެންޓް