ކ. މާލެ
|
12 ޑިސެންބަރ 2022 | ހޯމަ 13:36
ނިޝާމާ މުހައްމަދު
ނިޝާމާ މުހައްމަދު
ސޯޝަލް މީޑިއާ
ނިޝާމާގެ ހަށިގަނޑު މާލެ ގެނައުން
ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުން
ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުން
ފައިސަލް މިހާރު ވަނީ 15 ދުވަހަށް ބަންދުކޮށްފައި

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު މިހާރު މާލެގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިތުރަށް ބުނީ ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންކަމަށެވެ. އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި ނިޝާމާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ އެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ބުނެފައިވަނީ ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނިޝާމާގެ ފިރިމީހާ އދ ފެންފުށީ ރޯޒީ ވިލާ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް އެވެ. އޭނާ މިހާރު ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން ހުއްދަ ދީފައިވާ ކަމަށެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ. ނިޝާމާގެ މަރާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ރަށުތެރޭގައި ވާހަކަދެކެވޭ އިރު ނިޝާމާ އާއި އޭނާގެ ފިރިމީހާގެ ދެމެދުގައި ޒުވާބުކުރާ ކަމަށާއި ބައެއް ފަހަރު ވަރަށް އިހުތިރާމް ކުޑަކޮށް މުއާމަލާތުކުރާ ކަމަށް އެ ރަށުން "ރާއްޖެ އެމްވީ" އާއި ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ވަނީ ނިޝާމާގެ ގައިން މީގެ ކުރިން ވެސް ޒަހަމްތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ޒަހަމްތަކަކީ ކިހިނެތް ލިބުނު ޒަހަމްތަކެއްތޯ ސުވާލުކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިޝާމާގެ ހަށިގަނޑު ދުށްމީހަކާއި ހަވާލާދީ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައި އޮތް އިރު ނިޝާމާގެ ހަށިގަނޑުން ޒަހަމްތަކުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރާއި އަތާއި މޫނުން ޒަހަމްގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ނިޝާމާ އަށް އޭނާގެ ފިރިމީހާ އަނިޔާ ކުރާ ކަމަށާއި އެކަން އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުންނަށް ވެސް އެނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް