ކ. މާލެ
|
9 ޑިސެންބަރ 2022 | ހުކުރު 12:29
ސ. ހިތަދޫ އިސްލާމިކް ސެންޓަރު
ސ. ހިތަދޫ އިސްލާމިކް ސެންޓަރު
ފިނޭންސް މިނިސްޓްރީ
ސ. ހިތަދޫ އިސްލާމިކް ސެންޓަރު
ހިތަދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
ބިޑް ސެކިއުރިޓީގެގޮތުގައި 235،000 (ދެލައްކަ ތިރީސް ފަސް ހާސް) ރުފިޔާ ހުށަހަޅަންޖެހޭ
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ

އައްޑޫސިޓީ ހިތަދޫގައި އިމާރާތް ކުރުމަށް ނިންމާފައިވާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން މި މަސައްކަތް ބީލަމަށް ހުޅުވާލީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުގެ މަތިންނެވެ. ބީލަން ކުރިއަށްގެންދިއުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާއި، ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑްކުރެވޭނެ އަދަދު ކަނޑައަޅާނެގޮތުގެ އުޞޫލާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ބަލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންކެޖެހޭނެއެވެ. މި ފައިސާ ބަލައިގަންނާނީ 20 ޑިސެމްބަރު 2022އާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ފިނޭންސް މިނިސްޓްރީގެ ބަނޑޭ ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

މީގެ އިތުރުން މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެގޮތުގައި 235،000 (ދެލައްކަ ތިރީސް ފަސް ހާސް) ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބިޑް ހުޅުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އައްޑޫސިޓީ ހިތަދޫގައި އިސްލާމިކް ސެންޓަރެއް އެޅުމަށް ބީލަމަށް ހުޅުވާލާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއަށް 5.2 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި އިސްލާމިކް ސެންޓަރުތައް ތަރައްގީ ކުރުމަށް ނިންމާފައެވެ.

- ކޮމެންޓް